ބަރުދަން މަތިވުމަކީ ދެ ޖިންސުގެ މީހުންގެ މެދުގައިވެސް ސިއްހީ އެތައް މައްސަލައެއް ކުރިމަތިވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. ނަމަވެސް މިހާރު ސިއްހަތަށް ފައިދާހުރި ކަންކަމަށް މީހުން ހޭލުންތެރިވާ ވަރަކަށް ބަރުދަން ލުައިކުރުމަށް އެކި ގޮަަތްގޮތުން މަސަތްކަތް ކުރާ މީހުން ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.

ކޮވިޑުގެ ސަބަބުން ގޭގައި ތިބެން ޖެހުމުން ބަރުދަން އެއްވަރެއްގައި ބެހެއްޓުން ވަނީ ވަރަށް ގިނަ މީހުންނަށް ދަތި ކަމަކަށް ވެފައެވެ. އަދި ބައެއް މީހުން ބަރުދަން ލުއިކުރުމަށް އެކި ކަހަލަ ޑައެޓުވެސް ކުރެއެވެ. މިކަހަލަ ޑައެޓުތަކަކީ ސިއްހީގޮތުން ބަލާއިރު އެހާ ފައިދާހުރި ކަންކްމެއް ނޫނެވެ. ބަރުދަން ލުއިކޮށް އެއްވަރެއްގައި ބެހެއްޓުމަށް އެންމެ ރަނގަޅު ގޮތަކީ ޑައެޓުގައި ބަރުދަން ލުއިކޮށްދޭފަދަ ދެތިންބާވަތެއްގެ ހަވާދު ނުވަތަ ސްޕައިސެސް ބޭނުން ކުރުމެވެ. ތިރީގައި މިވއނީ ބަރުދަން ލުއިކުރުމަށް ބޭނުންކުރެވިދާނެ 5 ހަވާދުގެ ބާވަތެވެ.

ފޮނިތޮށި

ފޮނިތޮށި

ފޮނިތޮއްޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާއްސަކޮށް އޭޝިއާގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާ އެއް ހަވާދުގެ ބާވަތެވެ. އޭގައި ގިނަ ބާވަތެއްގެ އެންޓިއޮކްސިޑެންޓްސް ހިމެނޭތީ ވަރަށް އަވަހަށް ބަރުދަން ލުއިކޮށްދެއެވެ. ފޮނިތޮއްޓަކީ ލޭގެ ގްލޫކޯޒުލެވެލްތައް އެއްވަރެއްގައި ބެހެއްޓުމަށްވެސް އެހީތެރިވާ އެއްޗެކެވެ.

ދަވިއްގަނދު

ދަވިއްގަނދު

ދަވިއްގަނދަކީ އެކިކަހަލަ ވިޓަމިން އެކުލެވިގެންވާ އެއްޗެކެވެ. އެގޮތުން ވިޓަމިން އޭ، ސީ، އަދި ޑީ މީގައި އެކުލެވިގެން ވެއެވެ. މިއީވެސް އެކިއެކި ބާވަތުގެ ކެއްކުމުގައި ވަރަށްގިނައިން ބޭނުންކުރާ އެއްޗެކެވެ. ދަވިއްގަނދުގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވޭތީ އެ ކެއުމުން އަވަހަށް ބަނޑުހައިވުމުން ދުރުކޮށްދެއެވެ. އަދި ދުވާލެއްގެ މައްޗަށް ހަށިގަނޑަށް އެތެރެވާ ކެލޮރީވެސް ދައްކޮށްދެއެވެ.ސަޔަށް އަޅައިގެންވެސް ވަރަށް ގިނަ މީހުން ދަވިއްގަނދު ބޭނުން ކުރެއެވެ.

އޯބަތް

އޯބަތް

އޯބަތަކީވެސް ބަނޑުހައިހޫނުކަން ދަށްކޮށްދޭ އެއްޗެކެވެ. މީގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވިގެން ވެއެވެ. އެކްސްޕާޓުން ބުނާގޮތުގައި އޯބަތުން ތައްޔާރު ކުރާ ކާނާގައި ފެޓްސް އާއި ކެލޮރީ ޑައެޓުގައި އެކުލެވޭލެއް މަދުވެއެވެ. އޯބަތަކީ މީހާ ގިނައިރު ބަނޑުފުރިފައި ބަހައްޓާ އެއްޗަކަށް ވުމުން ފަސޭހައިން ބަރުދަން ލުއިކޮށްދެއެވެ.

ކާފޫރު ތޮޅި

ކާފޫރު ތޮޅި

ކާފޫރުތޮޅި އަކީ މީހާގެ މެޓަބޮލިޒަމް ވަރުގަދަކޮށްދޭ އެއްޗެކެވެ. އޭގައި ހިމެނޭ މެލަޓޮނިންގެ ސަބަބުން ފަސޭހައިން ސަރުބީ ވިރުވައިދެއެވެ. ކާފޫރުތޮޅި އަކީ އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި ހަރަކާތްތެރި ވާ އެއްޗަކަށް ވުމުން ލޭގެ ޕްރެޝަރު ދަތް ކުރުމަށް އެހީތެރިވެއެވެ. އަދި އޭގައި ކެންސަރާ ދެކޮޅަށް މަސަތްކަތް ކުރާ އެންޒައިމްވެސް ހުންނަ ކަމަށް ބައެއް ހޯދުންތަކުން އެނގެއެވެ. މީގައި މި އެކުލެވޭ ތަފާތު މާއްދާތަކުގެ ސަބަބުން ބަރުދަން ލުއިކުރުމަށް ފަސޭހަވެއެވެ.

އަސޭމިރުސް

އަސޭމިރުސް

އަސޭމިރުހަކީވެސް ވަރަށް ބޮޑަށް މީހާގެ މެޓަބޮލިޒަމް ވަރުގަދަކޮށްދޭ އެއްޗެކެވެ. އަސޭމިރުހަކީ ވިޓަމިން އޭ، ކޭ އަދި ތަފާތު މިނަރަލްސްވެސް އެކުލެވިގެންވާ އެއްޗެކެވެ. އޭގައި ގިނަ އަދަދަކަށް ފައިޓޯނިއުޓްރިއެންޓުސް އެކުލެވޭތީ ފަސޭހައިން ސަރުބީ ވިރުވައިދެއެވެ. ކާއެއްޗެއްސާ އެކު އަސޭމިރުސް ބޭނުން ކުރުމުން ސަރުބީ ގިނަވުން ވެސް ހުއްޓުވައެވެ.

މި ހުރިހާ ބާވަތަކީވެސް ފަސޭހައިން ލިބޭ ސިއްހަތަށް ފައިދާހުރި އެއްޗެއްސެވެ. ޑައެޓުގައި މި ބާވަތްތައް ހިމެނުމުން ފަސޭހަކަމާއެކު ބަރުދަން ލުއިވާ ކަމަށް ދިރާސާތަކުން ދައްކައެވެ.