އޮގަސްޓުމަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 1.27 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިއީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އޮގަސްޓު މަހު ލިބޭނެކަމަށް އަންދާޒާ ކުރި އާމްދަނީ އަށްވުރެ 3.0 ޕަސަންޓު ދަށް އަދަދެކެވެ.
އޮގަސްޓު މަހުގެ އާމްދަނީ އަންދާޒާ ކުރި ވަރަށް ވުރެ 3.0 ޕަސަންޓު ދަށްވެފައިވާ ސަބަބެއް ކަމަށް މީރާއިން ހާމަކޮށްފައި ވަނީ އިންކަމް ޓެކްސް، ޖީޖީއެސްޓީ، އެއާޕޯޓު ޑިވަލޮޕްމަންޓް ޕީ އަދި އެއާޕޯޓު ސާވިސް ޗާޖު އެ އޮޓޯރިޓީން ލަފާކުރި ވަރަށް ވުރެ ދަށްވެފައި ވާތީއެވެ.
މީރާ އިން އާންމުކޮށްފައިވާ އޮގަސްޓު މަހުގެ ތަފާސް ހިސާބުން ދައްކާގޮތުގައި އޮގަސްޓުމަހު ދައުލަތަށް ލިބުނު އާމްދަނީ އަކީ 2020 ވަނަ އަހަރުގެ ޖުލައިމަހާ އަޅާ ބަލާއިރު 25.4 ޕަސަންޓުގެ މަދު އަދަދެކެވެ. އަދި ދައުލަތަށް ލިބުނު 1.27 ބިލިއަން ރުފިޔާގެ ތެރެއިން ޑޮލަރުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 36.92 މިލިއަން ޑޮލަރު ކަމަށް ވެސް މީރާއިން އާންމުކުރި ތަފާސް ހިސާބުން ދައްކައެވެ.
އޮގަސްޓުމަހު މީރާއަށް ލިބުނު އާމްދަނީ:
- ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ – 53.8 ޕަސަންޓު
- ޓޫރިސްޓް ރިޒޯތްތަކުގެ ބިމުގެ ކުލިން ލިބޭ އާމްދަނީ - 2.6 ޕަސަންޓު
- އާމްދަނީއިން ނަގާ ޓެކްސް - 24.0 ޕަސަންޓު
- ގްރީންޓެކްސް – 5.9 ޕަސަންޓު
- ވޯކް ޕާމިޓް: 3.2 ޕަސަންޓު
އޭގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 33.9 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވަނީ 33.1 މިލިއަން ރުފިޔާ އެވެ. އަދި މުދަލު ޒަކާތުގެ ގޮތުގައި 11.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ތި ފައިސާ ލިބިގެން ރާއްޖެއަށް ލިބެންވާ ފައިދާ ނުލިބޭނު.