ގައުމީ އެއާލައިން، މޯލްޑިވިއަންގައި މަސައްކަތް ކުރާ ޕައިލެޓުންގެ މުސާރަ ބޮޑު ކޮށްދޭނެ ކަމުގެ ޔަގީންކަން އައިލެންޑް އޭވިއޭޝަނުން ދީފައިވާތީ އިޖުތިޖާޖު ހުއްޓާލައިފައިވާ ކަމަށް ޕައިލެޓުން ބުނެފިއެވެ.

އިލެންޑެ އޭވިއޭޝަންގެ މެނެޖިން ޑިރެކްޓަރު މުހަންމަދު މިހާދު ވަނީ ޕައިލެޓުންނާ ބައްދަލުކޮށް އަންނަ މަހުން ފެށިގެން މުސާރަ 80 ޕަސެންޓަށް ބަދަލު ކޮށްދޭނެ ކަމަށް ބުނެފައި ކަމަށް ފައިލެޓަކު ވަނީ ބުނެފައެވެ. އަދި ޖެނުއަރީން ފެށިގެން ހަމަ މުސާރަ އަށް އިއާދަކޮށްދޭން އެއްބަސްވެފައިވާ ކަމަށް ވެސް ޕައިލެޓަކު ބުނެއެވެ.

ޕައިލެޓަކު އިތުރަށް ބުނީ އިހްތިޖާޖު ދެން ކުރިއަށް ގެންދާނެ ގޮތެއް، ރައީސް އިބްރާހިމް މުހަންމަދު ސޯލިހާ އެކު މިއަދު ބާއްވާ ބައްދަލުވުމަށް ފަހު ނިންމާނެ ކަމަށެވެ.

ރައީސުއާ ޕައިލެޓުން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 12.00އެވެ. އެބައްދަލުކުރެއްވުގައި ދެކެވި ވާހަކަތަކެއް އަދި ސާފެއް ނުވެއެވެ.

މޯލްޑިވިއަނުން ޕައިލެޓުންގެ މުސާރަ އިއާދަނުކުރުމުގެ މައްސަލަ ބޮޑުވެ އިހުތިޖާޖަށް ޕައިލެޓުން ނުކުމެފައިވާއިރު އެ ކުންފުނީގެ ސީ ޕްލޭން ގިނަ ޕައިލެޓުންތަކެއް ވަނީއިސްތިއުފާ ދީފައެވެ.

އެގޮތުން މޯލްޑިވިއަންގައި މަސައްކަތް ކުރާ ސީޕްލޭންގެ ހަތަރު ކެޕްޓަނުންނާއި ތިން ކޯ ޕައިލެޓުންގެ އިތުރުން އެކުންފުނީގައި މަސައްކަތް ކުރާ ހެޑް އޮފް ޓްރެއިނިންއާއި ހެޑް އޮފް އޮޕަރޭޝަންސް، މަގާމުން އިސްތިއުފާ ދެއްވާފައި ވާ ކަމަށް މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމު ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައެވެ.