މީގެ އަހަރެއްހާ ދުވަސް ކުރިން ނިއުޒީލަންޑްގެ ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަން ކުރެވުނު ޔޮޝިހީޑޭ ސޫގާ، އެ މަގާމުން އިސްތިއުފާ ދެއްވަން ގަސްތު ކުރައްވާ ކަމަށާ، މި މަހު ފަހުކޮޅު އޮންނަ އިންތިހާބުގައި ޕާޓީގެ ލީޑަރު ކަމަށް ވާދަ ކުރައްވަން ގަސްތު ނުކުރައްވާ ކަމަށް، އޭނާ ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ސޫގާ އައްޔަން ކުރެވުނީ، އެ މަގާމުގައި ކުރިން ހުންނެވި ޝީންޒޯ އަބޭގެ އިސްތިއުފާއާ ގުޅިގެންނެވެ.

ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވަން ގަސްތު ކުރައްވާ ކަމަށާ، ޕާޓީގެ ލީޑާޝިޕަށް ވާދަ ނުކުރައްވާނެ ކަމަށް ސޫގާ އިއުލާން ކުރައްވާފައި ވާ މިދަނޑިވަޅަކީ، މިއިން ދުވަހަކު ނުދާހާ ދަށަށް، ޖަޕާނުގައި ސޫގާގެ މަގުބޫލުކަން، އިންތިހާއަށް ކުޑަވެފައި ވާ ދަނޑިވަޅެއްގައެވެ.

1.5 މިލިއަނަށް ވުރެ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސް ފެނިފައި ވާ ޖަޕާނުގައި، ބަލިން ދިފާއުވާން ހިންގާ ވެކްސިން ކެމްޕޭންވެސް މާ ފޯރީގައި ކުރިއަށް ދާތީ ނުފެނެއެވެ. ކޮވިޑްގެ ކާރިސީ ބަލިމަޑުކަމުގައި ވަނިކޮށް،. އޮލިމްޕިކްސް ކުޅިވަރު މުބާރާތް ކުރިއަށް ގެންދިއުމަކީވެސް ސޫގާގެ މަގުބޫލުކަން އިންތިހާއަށް ދަށްވާން މެދުވެރިވި ސަބަބެކެވެ.

ޖަޕާނުގައި ވެރިކަން ކުރަމުން އަންނަ ޕާނުގެ ވެރިކަން ކުރާ ލިބަރަލް ޑިމޮކްރަޓިކް ޕާޓީ (އެލްޑީޕީ) އިން، އެ ޕާޓީގެ ރައީސް ހޮވުމަށް އިންތިހާބު ކުރިއަށް ގެންދަން ތާވަލު ކޮށްފައި ވަނީ ސެޕްޓެމްބަރު 29 ވަނަ ދުވަހަށެވެ. އެލްޑީޕީއަކީ ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ކަށަވަރު ކޮށްފައި ވާ ޕާޓީ ކަމުން، އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކު، ޖަޕާނުގެ ބޮޑުވަޒީރު ކަމަށް އިސްކުރެވުމުގެ ފުރުސަތުވެސް އިންތިހާއަށް ބޮޑެވެ.

އަބޭ އިސްތިއުފާ ދެއްވީ ދައުރު ފުރިހަމަ ނުކޮށް ކަމަށް ވާއިރު، ސޫގާ ފުރިހަމަ ކުރައްވަން އޮތީ ދައުރުގެ ބާކީ އޮތް ބައި ކަމަށް މައުލޫމާތު ލިބެއެވެ. މިހާރު ހިނގަމުންދާ ދައުރު މި އަހަރު ހަމަވާއިރު، ވާއިރު، އޮކްޓޯބަރު 2021ގެ ކުރިން، ޖަޕާޏުގައި އެ ގައުމުގައި އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަންޖެހެއެވެ.

ދަނޑުވެރި އާއިލާއަކަށް އުފަންވެވަޑައިގެންނެވި ސުގާ އަކީ، އަބޭގެ އަރިސް، ސިޔާސީ ޝަހްސެކެވެ. ޖަޕާނަކީ ދިވެހިރާއްޖެއަށް ކުރިމަތިވާ އެކި ކާރިސާތަކާ ކުއްލި ހާލަތްތަކުގައިވެސް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދޭ ބައިނަލްއަގުވާމީ ބައިވެރިއެކެވެ.