ރ. ކިނަޅޮހުގައި މިދިޔަ މަހު ހިނގި މާރާމާރީގެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ނުދިނުމުން މައްސަލަ ކުރިއަށް ނުގެންދެވުނު ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެރަށުގައި ހިނގި މާރާމާރީގެ މައްސަލައެއް ޖުލައި 15 ވަނަ ދުވަހު ހުށަހެޅިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތައް މައްސަލާގައި ހިމެނޭ ދެ މީހުންވެސް އެއްބާރުލުން ދީފައިނުވާ ކަމަށެވެ. އެހެން ކަމުން މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ނުގެންދެވުނު ކަމަަށެވެ.

މާރާމާރީ ހިންގާފައިވަނީ ދެބައިންގެ މެދުގައިކަން ފުލުހުން ބެލި ބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައިވެއެވެ.

މި މާރާމާރީގައި ލިބިފައިވާ އަނިޔާތަކެއް އަދި މި މާރާމާރީގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.