ސުކޫލު ދަރިވަރަކަށް ސަރުކާރުން ދޫކޮށްފައިވާ ސްކޫލް ޓެބްލެޓް ވަގަށް ނަގާ، ވިއްކާލި އަންހެނަކު ޖަލަށް ލާން ހުކުމްކޮށްފިއެވެ.

މި މައްސަލައިގަ ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ ލ. ގަން، ތުނޑި، ލޮބްސްޓާ، ރުގިއްޔާ އަމާނަތުއަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނީ ކޮއްކޮގެ ޓެބްލެޓު ވިއްކާލި މައްސަލާގައި އެކުއްޖާގެ އެއްބަނޑު އެއްބަފާ ދައްތަ އަމިއްލަ އިއުތިރާފުން ސާބިތުވެފައި ވާތީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައި ވާ ކަމަށެވެ.

މިއީ ސެޕްޓެމްބަރު، 2019ގައި ހިނގި ހާދިސާއެކެވެ. އެ ޓެބްލެޓް އޭނާ ވިއްކާލާފައި ވަނީ 300 ރުފިޔާއަށެވެ. އެމައްސަލާގައި އެ އަންހެން މީހާ ހައްޔަރުކުރީ ފުލުހުން އެ ޓެބްލެޓް އަނބުރާ ހޯދަން އުޅުމުގެ ތެރޭގައެވެ.

އެ އަންހެން މީހާގެ މައްޗަށް ކޮށްފައި ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާގެ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެެކެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދީ، ކުށަށް އިއުތިރާފުވުމާ ގުޅިގެން އިއްވި ހުކުމަށް ވަނީ ލުއިދީފައެވެ.