ހުއްދަނެތް ތަންތަނުގައި ޓޫރިސްޓުން ބޭތިއްބުމަކީ އިންސަނީ ވަގުފާރި ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓަރު މިފދައިން ވިދާޅުވެފައި ވަނީ މިހާރަކަށް އައިސް ރަށްރަށުގައި ޓޫރިސްޓުން ބޭތިއްބުމަށް ރަޖިސްޓްރީ ކޮށްފައި ނުވާ ތަންތަނުގައި ޓޫރިސްޓުން ބައިތިއްބަމުން އަންނަ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ. އަދި މިފަދަ މައްސަލަތައް ކަމާގުޅޭ އިދާރާތަކުން ބަލާ ފިޔަވަޅުއަޅާނެ ކަމުގެ ހަބަރު ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
މިނިސްޓަރު ވިދާޅުވެފައި ވަނީ ޓޫރިޒަމާއި ވަގުވިޔަފާރިއާ ވަރަށް ތަފާތު ކަމަށެވެ. ޓޫރިސްޓުން ބޭތިއްބުމުގެ ހުއްދަ ނެތް ތަންތަނުގައި ޓޫރިސްޓުން ބޭތިއްބުމަކީ ޓޫރިޒަމް ނޫން ކަމަށް މިނިސްޓަރު ވިދާޅުވެއެވެ. އަދި އެއީ އިންސާނީ ވަގުފާރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށަށް ފަތުރުވެރިންނަށް ދެވޭނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރުމުންނެވެ. އަދި އެ ރަށެއްގައި ރަށްރަށުގައި ވެކްސިން ޖެހޭ އާބާދީގެ 60 ޕަސަންޓު މީހުން ވެކްސިން ފުރިހަމަ ކުރަން ޖެހޭނެ ކަމަށާ، އާބާދީގެ 60 އަހަރުން މަތީގެ މީހުންގެ 90 ޕަސަންޓު މީހުން ވެކްސިން ފުރިހަމަ ކުރަން ޖެހޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ. މީގެ އިތުރުން ގެސްޓްހައުސް ވުވައްޒަފުންގެ 95 ޕަސަންޓު މީހުން ވެކްސިން ފުރިހަމަކުރަން ޖެހެއެވެ.
ވެކްސިން ފުރިހަމަނުކުރާ ފަތުރުވެރިން މި ރަށްތަކަށް ދަތުރުކުރާނަމަ ޗެކް އިން ވާ ދުވަހުން ފެށިގެން 7 ދުވަސް ވުމުން ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.