މިއަހަރުގެ ފުރަތަމަ 3 މަސް ނިމުނު އިރު ސްޓެލްކޯއަށް ފައިދާގެ ގޮތުގައި 61.8 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑުން (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްޓެލްކޯއަށް ވަނީ 487 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އޭގެ ތެރެއިން 61.8 މިލިއަން ރުފިޔާއަކީ ސާފު ފައިދާއެވެ.

ފުރަތަމަ ކުއާޓަރުގައި ލިބުނު 487 މިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން 464 މިލިއަން ރުފިޔާ އަކީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީގެން ލިބުނު އާމްދަނީ ކަމަށް ޕީސީބީން ބުނެއެވެ.

ސްޓެލްކޯއަކީ ރާއްޖޭގައި ހިންގާ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ އެފިޝަންޓްކޮށް ހިންގާ އެއް ކުންފުންޏެވެ. މާލެއާއި ހުޅުމާލެ އަދި ހުޅުލެ ގުޅާލާ މާސިންގާ ކަރަންޓް ވިއުގަ ދާދިފަހުން ސްޓެލްކޯއިން ވަނީ ނިންމާފައެވެ. މިހާރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކަރަންޓު ފޯރުކޮށްދެވޭނޭ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ގްރޭޓާމާލެ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލާ މަޝްއޫއެކެވެ. އަދި މި މަޝްއޫގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއަށް 61 މިލިއަން ރުފިޔާގެ އާންމުދަނީއެއް ލިބިފައި ވާއިރު، ކޮވިޑާ ގުޅިގެން ފެނަށް ސަބްސިޑީ ދެިން ގޮތަށް ސަރުކާރުން ދިޔައީ ކަރަންޓަށްވެސް ސަބްސިޑީ ދެމުންނެވެ. އަދި މިދިޔަ ޖޫމް މަހުގެ ނިޔަލަށް ސަރުކާރުން ސަބަސިޑީ ދިނެވެ.