ނ. ހެނބަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް އޯގަސްޓް 2، 2021 ވަނަ ދުވަހު ނިމިއްޖެއެވެ.

އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން، ބިންގަނޑު ކޮނުމަށްފަހު ބިން އެއްވަރުކުރަން 5000 ކިއުބް މީޓަރުގެ ވެލި ބޭނުންކުރުމާ، 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 235 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެންޓްމަންޓް ޖެހުމާއި، 235 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓެކްސްޓައިލްސް ޖެހުން ހިމެނޭ ކަމަށް އެމްޓސީސީން ބުނެއެވެ.

ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

5 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މުއްދަތު ހަމަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައެވެ.