ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޕޭމަންޓް ގޭޓްވޭ ހިދުމަތަށް މިރޭ ބުރޫ އަރާފާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ

ބީއެމްއެލްއިން ބުނީ ޕޭމަންޓް ގޭޓްވޭ ހިދުމަތްތަކަށް ބުރޫ އެރުން އެކަށީގެން ވަނީ މިރޭ 12:00 އިން ފެށިގެން ފަތިހު 05:00 އާ ދެމެދުގެ ވަގުތުތަކުގައި ކަމަށެވެ.

ބީއެމްއެލްއިން ބުނީ އެވަގުތުތައް ކަނޑައަޅާފައި ވަނީ ކަސްޓަމަރުންނަށް ވެދާނެ އުނދަގޫތައް ކުޑަ ކުރުމަށްޓަކައި ކަމަށެވެ.

ބީއެމްއެލްއިން މީގެ ކުރިން ވެސް މެއިންޓެނަންސްގެ މަސައްކަތައް ކުރަނީ އާންމުކޮށް އަންގާ އިއުލާނު ކޮށްފައެވެ.

އެގޮތުން އާންމުކޮށް މިފަދަ މަސައްކަތް ކުރަނީ އާންމުކޮށް އަންގާ އިއުލާން ކުރުމަށް ފަހު ދަންވަރު ވަގުތުތަކުގައި ކަން ފާހަގަ ކުރެވެއެވެ. އަދި ހިދުމަތަށް ބުރޫ އަރާތީ، ބީއެމްއެލް އިން އަންނަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދެމުންނެވެ.