އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ކްރިމިނަލް ކޯޓު ސަހަރައްދުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ކްރިމިނަލް ކޯޓު ސަރަހައްދުގައި މުޒާހަރާ ކުރަން ފަށާފައިވަނީ ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްގެން ދާތީއެވެ.

މިއަދުގެ އެއްވުމުގައި ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި ރައީސް ޔާމީނަށް ތާއީދުކުރާ އެމަނިކުފާނުގެ ސަޕޯޓަރުންވެސް ދަނީ ބައިވެރިވަމުނުންނެވެ. މިއެއްވުމުގައި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާގެ ބައިވެރިން ދަނީ އަޑުގަދަކުރަމުންނެވެ.

ރ. ފުއްގިރި ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައެވެ.

‎މިއީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުވައިގެން ދައުވާ އުފުލާފައިވާ ދެވަނަ މައްސަލައެވެ. މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާ ކުރި ކަމުގެ ތުހުމަތުގައި އުފުލި ދައުވާ ސާބިތުކޮށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނު ގެންދަވަނީ ތަންފީޒުކުރައްވަމުންނެވެ.

މިދިޔަ ރޯދަ މަހުގެ ގެއަށް ބަދަލުކުރި ގޮތަށް ރައީސް ޔާމީން މިވަގުތު ވެސް ހުންނެވީ ވެސް ގޭ ބަންދުގައެވެ.