ގިނަ އަދަދެއްގެ ޕެޓްރޯލް އަދި ޑީސަލްއާއެކު ބާޖެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ ގިނަ އަދަދެއްގެ ޕެޓްރޯލް އަދި ޑީސަލް ބަރުކޮށްގެން 5 މީހުންނާއެކު ދަތުރުކުރި އެފްއެސްއެމްގެ ތެޔޮ ބާޖު "މެކުނު" ށ. ނޫމަރާ ހުޅަނގު ފަރާތު ނެރުމައްޗަށް އެރިގެން އެމްއެންޑީއެފް ނޯތަން އޭރިޔާ ކޯސްޓް ގާޑް ސްކޯޑަން އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެބާޖު ފަރަށް އެރީ ށ. ފޯކައިދޫން ހދ. ނޭކުރެންދޫއަށް ދަތުރުކުރަމުންދަނިކޮށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ބާޖުގައި 100000 ލީޓަރު ޑީސަލް އަދި 15000 ލީޓަރު ޕެޓްރޯކް ހުރި ކަމަށެވެ.

ތެޔޮ ބާޖު ފަރަށް އަރާފައި / ފޮޓޯ: އެމްއެންޑީއެފް

އެބާޖުން އެއްވެސް ތެލުގެ އެއްވެސް ލީކެއް އަދި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 06:59 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.