އިމިގްރޭޝަނުން ދެމުން ގެންދާ ވިސާއާ ގުޅޭ ހުރިހާ ހިދުމަތްތައް މަޖީދީމަގުގައި ހުންނަ ސްޓާ ކްލައުޑްސް ނުވަތަ ކުރީގެ ސްޓާ ސިނަމާ އިމާރާތަށް ބަދަލުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވިސާ ޑިވިޝަނުން ދެމުންގެންދާ ވީސާ އާ ގުޅުންހުރި ހިދުމަތްތައް ދެން ލިބެނީ މަޖީދީ މަގުގައި ހުންނަ ސްޓާ ކްލައުޑްސް އިމާރާތުގެ 8 ވަނަ ފަންގިފިލާއިން ކަމަށެވެ. ކުރިން މި ހިދުމަތް ދެމުން ގެންދިޔައީ ވެލާނާގޭ ފުރަތަމަ ފަންގިފިލާއިންނެވެ.

އެ އޮތޯރިޓީން ބުނީ މި ހިދުމަތްތަކާ ގުޅުންހުރި އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންނަމަ އެ އިދާރާގެ ވޯކް ވިސާ ހޮޓްލައިން އަދި ވޯކް ވިސާ ފިޔަވައި އެހެނިހެން ވިސާތަކުގެ ހޮޓްލައިނަށް ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 8:00 އިން 2:00 އަށް އަދި ރަސްމީ ބަންދު ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް ގުޅުމުން މައުލޫމާތު ލިބޭނެ ކަމަށެވެ.