އީދު ފާހަގަ ކުރުމުގައި މިޔުޒިކާއި ސަގާފީ ކުޅިވަރުތައް ކުޅެމުން ދާއިރު މި ގައުމަކީ ހަރުކަށި ފިކުރަށް ތާއީދު ކުރާ ގައުމެއް ނޫން ކަން ހާމަވެއްޖެ ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ، ހަރުކަށި ފިކުރު ފެތުރެމުންދާ ވާހަކައިގެ އަޑުތައް ގަދަވެ އަދާލަތު ޕާޓީއަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި، އިންތިހާބުތައް ކާމިޔާބު ވަނީވެސް ހަރުކަށި ފިކުރުގެ ތާއީދާއެކުގައި ކަމަށް ދޭހަވާ ގޮތަށް ނަޝީދު ވާހަކަ ދައްކަވާ ދަނޑިވަޅެއްގައެވެ.
ރޮޒައިނާ ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއަކީ ވެސް ހަރުކަށި ފިކުރު އޮތް ގައުމެކެވެ. ނަމަވެސް ރާއްޖެއަކީ ހަރުކަށި ފިކުރުގެ ގައުމެއް ކަމަށާއި ސަރުކާރުން އެ ފިކުރަށް ތާއީދުކުރާ ކަމަށް ބުނުމަކީ ގޯހެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން މި އަހަރުގެ އަޟްހާ އީދުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ވެސް ދިވެހި ސަގާފީ ކުޅިވަރުތަކާއި އާދަކާދަތަކާއި މިޔުޒިކް ކުޅުން ފަދަ ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަކީ ވެސް ހަރުކަށި ފިކުރު އޮތް ނަމަވެސް ރާއްޖެ އަކީ އެ ފިކުރުގެ ގައުމެއް ނޫން ކަން ދައްކުވައިދޭ ހެއްކެއް ކަމަށް ރޮޒައިނާ ފާހަގަ ކުރެއްވިއެވެ.
ރޮޒައިނާގެ ވާހަކައަށް ތާއީދު ކުރައްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވިދާޅުވީ، ރޮޒައިނާ ވިދާޅުވަނީ ބަރާބަރު ވާހަކައެއް ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހަކީ މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރި ދުވަހެވެ. އެ ދުވަސް އައި އިރު ކޮވިޑްގެ ހާލަތު އޮތް ގޮތުން ރަށްރަށުގައި އީދު ފާހަގަ ކުރުމަށް އެޗްޕީއޭ އިން ވަނީ ހާއްސަ ގައިޑްލައިނެއް ނެރެފައެވެ. ކޮވިޑް ނެތް އިރު ރަށްރަށުގައި އީދު ވަރަށް ކުލަ ގަދަކޮށް ފާހަގަ ކޮށްފައި ވީ ނަމަވެސް މި އަހަރުވެސް އެޗްޕީއޭ އިން ދީފައިވާ ލުއިތަކާ އެކު ރަށްރަށުގައި ވަނީ އީދު ކުޅިވަރުތައް ކުޅެފައެވެ.
އެގޮތުން އީދު ނަމާދު ކުރުމާއި ބޮޑު ޖާފަތުގައި ކެއުމާއި، ކޯޑި ކެނޑުމުގެ އިތުރުން ބޮޑުމަސް ދުއްވުމާއި ބޮޑުބެރު ޖެހުމާއި މިޔުޒިކް ޝޯ ކުޅުން ފަދަ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ. ހަމައެއާއެކު ފެން ޖެހުމާއި ކުލަ ޖެހުމުގެ އިތުރުން ބައެއް މުބާރާތްތައް ވެސް ރަށްރަށު ފެންވަރުގައި ކުރިއަށް ގެންގޮސްފައި ވެއެވެ.
ޖަރުމަނު ކުރިއޮޕްރޭޝަނުގަ ނަސީދުގެ ގައިގަ ހުރިހުރިހާ ހަރުކަށި ނަގާފާހުރީ އެހެންވެ ހަރުކަށިހަރުކަށިއޭކިނީ
ޙަރުކަށި ފިކުރު ނެތްކަމަށްވަނީ އަންހެން ފިރިހެން ގައިގޯޅިވެ މަޖާކުރުމުގެ ނަމުގައި އެއްބަޔަކު އަނެއްބަޔަކު ގައިގަ އުނގުޅި ލަވަކިޔާ ނަށާ ހެދީމަތޯ . މިހުންނަނީ ދީނުގަ ހުއްދަ ކަންތަކެއް ނޫނޭ ރޮޒޭ. ރޮޒޭމެނަށް ދެއްކޭނީ އެފާޑުގެ ވާހަކަތާ މީވެސް މުސްލިމުން އުޅެންޖެހޭ ގޮތަށް އުޅޭ މީހެއް ނޫންވިއްޔަ . އައުރަ ނިވާނުކޮށް ހުންނަމީހެއް. ހަރުކަށި ފިކުރަކީ އަންނިގެ ފިކުރު. އޭނަ އެއުޅެނީ ލާދީނީ ކީމަ އެމީހަކަށް އަދަބު ނުދެވިގެން. ތިމާނުރުހޭ ބަހެއް އަނެކާ ބުނެފިނަމަ އެބަޔަކަށް އަދަބުދޭން މަސައްކަތް ކުރާނީ ހަރުކަށި ފިކުރުގެ މީހުން.
ލާދީނީ ފިކުރަށް ޗާންސް އޮތްކަން ވެސް އެނގިއްޖެ.