އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށް އެ ކުންފުނީގެ ރިވޯޑް ސްކީމް، ކްލަބް ޕްރިމިއާގެ ހިދުމަތް ތައާރަފު ކޮށްފިއެވެ.
މިއީ 2015 ވަނަ އަހަރު އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން އެންމެ އަގުހުރި ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފު ކުރި ހިދުމަތެކެވެ. ސްކީމްގެދަށުން ރާއްޖެއާއި ބައިނަލްއަގުވާމީ އެކި ބްރޭންޑްތަކުގެ ހިދުމަތްތަކާއި ޑިސްކައުންޓް ލިބޭނެއެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ ސުޕަނެޓް ކަސްޓަމަރުންގެ ތެރެއިން ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ވެވޭނީ 40 އެމް އިން މަތީގެ ޕެކޭޖުތައް ނަގާ ކަސްޓަމަރުންނަށްކަމަށެވެ. އަދި ގެންގުޅޭ ޕެކޭޖަކަށް ބަލައި ސިލްވާ، ގޯލްޑް ނުވަތަ ޕްލެޓިނަމް މެމްބަރުންގެ ތެރޭގައި ކަސްޓަމަރުން ހިމެނޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކްލަބް ޕްރިމިއާގެ ސިލްވާ މެމްބަރުންނަށް ރާއްޖޭގެ މަގުބޫލު ބްރޭންޑުތަކުން ޑިސްކައުންޓާއި ކްލަބް ޕްރިމިއާ ލައުންޖު އެކްސެސް އާއި އުރީދޫގެ ހާއްސަ ޕްރޮމޯޝަންތަކާއިހިދުމަތްތައް ލިބޭއިރު ގޯލްޑް އާއި ޕްލެޓިނަމް މެމްބަރުންނަށް ލައިފް އިންޝުއަރެންސާއި ޕްރައޯރިޓީ ޕާސް ވެސް ލިބޭނެއެވެ.
ކްލަބް ޕްރިމިއާއިން ޑިސްކައުންޓު ލިބޭ ރާއްޖޭގެ ބްރޭންޑްތަކުގެ ތެރޭގައި ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާން ފަދަ ތަންތަންހިމެނެއެވެ.
މީގެ އިތުރުން، ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް އެއާޕޯޓް ލައުންޖް އެކްސެސް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބްރޭންޑް ކަމުގައިވާ ޕްރައޯރިޓީ ޕާސް ގެމެމްބަރަކަށް ވުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެއެވެ. ޕްރައޯރިޓީ ޕާސް މެމްބަޝިޕާ އެކު އިކޮނޮމީ ކްލާސް ނުވަތަ ޕްރީމިއަމް އިކޮނޮމީ ކްލާސް ޓިކެޓަކާއެކުވެސް މިލައުންޖްތަކުން ހިދުމަތް ހޯދޭނެއެވެ.
ކްލަބް ޕްރިމިއާގެ މެމްބަޝިޕުކަން ލިބުނު ކަސްޓަމަރުންގެ ޑިޖިޓަލް ކާޑު އުރީދޫ އެޕް މެދުވެރިކޮށް ފެންނާނެއެވެ.