އިނގިރޭސިވިލާތް (ޔޫކޭ) ގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ދިވެހިރާއްޖޭގެ ނަން އުނިކޮށްފިއެވެ.

ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކޮށް އިންސާނީ ހައްގުތައް ކުރިއެރުވަން ރާއްޖެއިން ކުރަމުންދާ މަސައްކަތް އިނގިރޭސިވިލާތުން ވަނީ ބަލައިގަނެފައެވެ.

އެގައުމުން އެހެން ގައުމުތަކާ އެކު ވިޔަފާރި އަދި އެހެނިހެން ގުޅުންތައް ބޭއްވުމުގައި ރިއާޔަތްކުރަނީ އެގައުމުގެ އިންސާނީ ހައްގުތަކުގެ މައްޗަށެވެ.

އެގޮތުން މިއަހަރުގެ އެގައުމުގެ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ ރިޕޯޓްގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކުރުމުގެ ސަބަބުން ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ މައި އެއް ތަނބު ކަމުގައިވާ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުން ހިމެނިގެންވާކަމަށް ޮރިން މިނިސްޓްރީއިން ބުނެއެވެ.

ފޮރިން މިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ ހިއުމަން ރައިޓްސް ދާއިރާއިން ރާއްޖޭގެ ސަރުކާރުން ހޯދައިފައިވާ ކުރިއެރުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރޭސް އަދި އިންސާނީ ހައްގުތަކާބެހޭ އދގެ ހައި ކޮމިޝަނަރު މިޝޭލް ބެޝެލޭ ފާހަގަކުރައްވާފައިވާ ކަމަށެވެ.