ރ. އިނގުރައިދޫ ކަރަންޓީނުގައި ހުރި މީހަކު އެ ރަށު ޕޮލިސް ސްޓޭޝަނަށް ގެއްލުން ދީފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އިނގުރައިދޫގައި ކަރަންޓީނުގައި ހުރި އުމުރުން 30 އަހަރުގެ ފިރިހެނަކު ކަރަންޓީނުގެ އުސޫލާ ހިލާފުވެ ބޭރަށް ނިކުމެފައި ވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

ރ. އިންގުރައިދޫ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން މައްސަލައިގާ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮންކަމަކާ ގުޅިގެން ކުރި ކަމެއް ކަމެއް އަދި ޕޮލިސް ސްޓޭޝަނަށް ދީފައި ވަނީ ކިހާވަރެއްގެ ގެއްލުންތަކެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ކަރަންޓީނު އުސޫލާ ހިލާފުވުމުގެ ސަބަބުން އެ މީހާ ވަނީ 10،000 ރުފިޔާ އިން ޖޫރިމަނާ ވެސް ކޮށްފައެވެ.

ފުލުހުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.