ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫއުގެ 80 ޕަސެންޓު މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ ހިނގާ ސަރަހައްދު ގާއިމުކުރުމުގެ މަސައްކަތުގެގެ ވެސް 91 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މީގެ ކުރިން ވަނީ މި މަޝްރޫއުގެ ދަށުން ކޭބަލް ޖަންކްޝަން އަދި ހޮޅި ވަޅުލުމުގެ މަސައްކަތް ނިމިފައެވެ. މީގެ އިތުރުން ދުވާރު ހެދުމަށް ބޭނުންވާ ގާ އެތުރުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ.

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއަކީ ޖޫން 15، 2019 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިއީ 46.7 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.