ށ. ޅައިމަގު ބަނދަރަށް އިތުރު ކުރާ ބައި ފުން ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބެނެފިއެވެ.

އެމްޓީސީސީއިން ބުނީ ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރަށް އަލަށް އިތުރުކުރާ ސަރަހައްދު ފުންކުރުމުގެ މަސައްކަތުގެ މިހާރު 88 ޕަސެންޓް ނިންމައިފި ކަމަށެވެ.

މުޅިއެކު 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމަށް ވަނީ ހަމަޖައްސާފައެވެ.

އޭގެ އިތުރުން މި މަޝްރޫއުގެ ދަށުން، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށް ވަނީ ނިންމާފައެވެ.

މިނިސްޓްރީ އޮފް ޕްލޭނިންގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުއަކީ 56.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.