ގިނަ އަދަދެއްގެ ބަޔަކު ކުއްލިއަކަށް ހިފާ ހައްޔަރު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެހެން ވިދާޅުވެފައި ވަނީ އެމްޑީޕީއަށް 16 އަހަރު ފުރުމާ ގުޅިގެން އެ ޕާޓީ އިން ކްލަބް ހައުސްގައި "ހަރުގެ" ލޯންޗު ކުރެއްވުމަށް ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ނަޝީދު ވިދާޅުވީ މިހާރު ފެންނަނީ ވަރަށް އަނދިރި މަންޒަރެއް ކަމަށެވެ. އެއީ ރާއްޖެއަށް ޖާނުން ފިދާވުމުގެ ހަމަލާ އަންނަތަން ކަން ފާހަގަކުރައްވާ އަވަސް ފިޔަވަޅެއް ނާޅައިފިނަމަ އެކަން ވަރަށް އަވަހަށް އަންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި މި ވަގުތަކީ ވަރަށް ގިނަ އަދަދެއްގެ ބައެއް ހިފާ ހައްޔަރުކޮށްގެން ނަމަވެސް ރާއްޖެއަށް ދިމާވާން އުޅޭ ކަންކަމުން އަރައިގަންނަންވީ ވަގުތު ކަމަށް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން މިއީ އެއްގޮތަކަށްވެސް ފަހަތު ފަޔަށް ބުރަވެފައި އޮންނަންވީ ވަގުތެއް ނޫން ކުއްލި އަކަށް ކުރަންޖެހޭ ހިންގަންޖެހޭ ކަންކަން ވަރަށް ގިނަ. ގިނަ ބަޔަކު ކުއްލިއަކަށް ހިފައި ހައްޔަރުކުރުން މިއަދު މިވަނީ ބޭނުން ޖެހިފައި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ މަހު 6 ގައި ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް މިހާރު ހުންނެވީ ޖަރުމަނުގައެވެ.

ޖަރުމަނުގައި ހުންނަވައިގެންވެސް އެމަނިކުފާނުގެ ހާލުކޮޅު ރައްޔިތުންނަށް ގެންދަވަނީ ހާމަ ކުރައްވަމުންނެވެ.