އަންނަން އޮތް ޖީލުތަކުން ހިތްވަރު އެލުވާ ނުލައި ކުރިއަށް ދާން ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު މިހެން ގޮވާލެއްވީ ޖަރުމަނުވިލާތުގައި ހުންނަ ގްލޯބަލް ވުމެން ލީޑާސް ކޮމިޓީގެ ބޯޑު މެންބަރު އަދި "ޑިޕްލެމެޓިކް ވޯލްޑް" ގެ ވެރިޔާ ބާބަރާ ޑައިޓްރިޗް އާާ ބައްދަލު ކުރައްވާ ދެއްވި މެސެޖެއްގައެވެ.

ނަޝީދުގެ މެސެޖުގައި މުޅި ދުނިޔެ މިހާރުވެސް އަދި ވޭތުވެދިޔަ ދޮޅު އަހަރުވެސް އޮތީ ފުރަބަންދުގެ ހާލަތުގައި ކަމަށާއި އެކަކު އަނެކަކާ ދިމާނުވެވި މުއާމަލާތް ނުކުރެވި އިޖްތިމާއީ ގުޅުން ކެނޑިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެއީ ހިތާމަވެރި ކަމެއް ކަމުގައި ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ ހިތްވަރާއި ނަފްސުގެ ގާބިލްކަން އެނގެން ޖެހޭނެ ކަމަށާއި އެކަކުވެސް ހިތްވަރު އެލުވާލައިގެން ނުވާނެ ކަމަށެވެ.

https://www.facebook.com/100002069991625/videos/4180638625348429

ނަޝީދު ބާބަރާއާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކައިގައި މިދިޔަ މެއި މަހު ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލައާއާއި ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރާއި ދުނިޔޭގެ ތިމާވެށީގެ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައި ވެއެވެ.

ނަޝީދު ބާބަރާއާ ބައްދަލު ކުރައްވާ އޭނާއަށް އިންޓަވިއުއެއްވެސް ވަނީ ދެއްވާފައެވެ.