ހުޅުމާލޭގައި ހުންނަ ވަގުތީ މިސްކިތެއްގައި 2 މީހަކު ތަޅާފޮޅައިފިއެވެ. 2 މީހަކު ތަޅާފޮޅާ ވީޑިއޯ އެއް އާންމުންގެ މީހަކު ވަނީ ޓްވީޓާގައި ހިއްސާކޮށް ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައެވެ. .

އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ މިސްކިތް ތެރޭގައި އެ ވަގުތު އިތުރު މީހުންވެސް ތިއްބެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ހުޅުމާލެ 171 ނަންބަރު ފްލެޓު ކައިރީގައި ހުންނަ ވަގުތީ މިސްކިތަށް ވަދެ އަޑުގަދަކޮށް މީހުންނަށް އުނދަގޫކުރި މީހަކަށް އެކަން ނުކުރުމަށް ނަސޭހަތްތެރިވި މީހަކާ މާރާމާރީ ހިންގި މައްސަލައެއް މިރޭ 18:38 އެހާކަތްހާއިރު ފުލުހުންނަށް ހުށައަޅާފައިވާ ކަމުގައެވެ.

ފުލުހުން އިތުރަށް ބުނީ މި މާރާމާރީގައި އެކަކަށް ކުދި އަނިޔާވެފައިވާ ކަމުގައެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ