މާލެ ސަރަހައްދުގައި ހިންގާ ކާފިއު ވަގުތުން 2 ގަޑި އިރު މަދުކޮށްފިއެވެ.
އެޗްއީއޯސީން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާލުވީ މިހާރު ކާފިއު ވަގުތަށް ގެނެސްފައި ބަދަލަކީ ހަވީރު 6 އިން ފަތިހު 4 އަށް ކަމަށެވެ.
ކާފިއު ވަގުތު ހަވީރު 6 އިން ފަތިހު 4 އަށް ހަމަޖެއްސުމާ އެކު އެއްވެސް ޕާމިޓް އަކާ ނުލައި އެކަނި ކަސްތަރަށް ނުކުންނަ މީހުންނަށް ފަތިހު 4 އިން ހެނދުނު 8 އާ ދެމެދު ނުކުމެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ހަމައެއާއެކު އެހެނިހެން ކަންކަމުގައި ބޭރަށް ނުކުންނަން ޖެހޭ ފަރާތްތަކަށް ޕާމިޓާ އެކު ހެނދުނު 8 އިން އިރުއޮއްސި 6 ޖެހުމާ ހަމައަށް ބޭރަށް ނުކުމެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއވެެ.
މި ބަދަލާ އެކު ވިޔަފާރު ކުރާ ތަންތަނަށް އެތަންތަން ހުޅުވައި، އާންމުންނަށް ވަދެވޭ ގޮތަށް ވިޔަފާރި ކުރެވޭ ވަގުތު މި ވަނީ އިތުރުވެފައެވެ. އެހެންކަމުން މިހާރު ވިޔަފާރި ކުރާ ތަންތަން ހެނދުނު 8 އިން އިރުއޮއްސި 6 އާ ދެމެދު އާންމުންނަށް ވަދެވޭ ގޮތަށް ހުޅުވައިގެން ވިޔަފާރު ކުރެވޭނެއެވެ.
މީގެ ކުރިން ދިން ލުއިތަކާއެކު ވަނީ ކާފިއު ވަގުތު ހަވީރު 4 އިން ފަތިހު 4 އަށް ހަމަަޖައްސާފާއެވެ.
ކޮވިޑުން ރައްކާތެރިވުމަށް މިހާރު ލުއިތައް ދެމުން މި އަންނަނީ މި މަހު ކޭސްތައް 200 އިން ތިރިއަށް ދާން ފެށުމުންނެވެ. އެ ގޮތުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 145 މީހެކެވެ.