ރާއްޖެއިން ބޭރުގެ ޔޮޓެއް ހާލުގައި ޖެހިގެން ނަސަންދުރައާ ދިމާ މާލެ ފަޅުތެރެއަށް ވަދެއްޖެއެވެ.

މި ޔޮޓު ނަސަންދުރައާ ދިމާ ފަޅުތެރެއަށް ވަދެފައި ވަނީ މިއަދު ހަވީރު ގާތްގަނޑަކަށް 5 ޖަހާ ހާއިރު ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެމީހުންނަށް އެ މައުލޫމާތު ދިނީ އެމްއެންޑީއެފް އިން ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ރާއްޖޭގެ ލޯކަލް އެޖެންޓު މެދުވެރިވެގެން ކުރިޔަށް ދާކަމަށާއި މިހާތަނަށް ލިބުނު މައުލޫމާތުން އިނގޭ ގޮތުގައި އެ ޔޮޓަކީ ހާލުގައި ޖެހިގެން އައި ޔޮޓެއް ކަމަށެވެ.

މިހާރު މި ޔޮޓު އެމްއެންޑީއެފް ކޯސްޓްގާޑް ގެ ބެލުމުގެ ދަށުން ހުޅުމާލެ ގެންގޮސްފައި ވާއިރު، މާލޭގެ ފަޅުތެރެއަށް އުޅަނދެއް ވަން ކަން އެ އުޅަނދު ވަން އިރު ސަލަމަތީ ބާރުތަކަށް ރެއަކާ ނުލުމުން ސުވާލު އުފެދެއެވެ.