ހިޔާ ފްލެޓް އެގްރިމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް އަންނަ ޖުލައި މަހުގެ 14 ގައި ފެށޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިހާރު ރާއީސް އޮފީހުގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މި ވަގުތު ހިޔާ ފްލެޓްގެ މަސައްކަތްތައް ވަނީ ކޮވިޑް ފެތުރެމުން ދާތީ ހުއްޓިފައި ކަމަށެވެ. ނަމަވެސް މި މަހުގެ 16 ވަނަ ދުވަހު އަނެއްކާވެސް ގުރުއަތުލުމުގެ މަސައްކަތް ފަށައިގެން 30 ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާނެ ކަަމަށް އެޗްޑީސީން ބުނެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެހެންކަމުން އަންނަ މަހުގެ 14 ގައި އެގްރިމެންޓް ތަކުގައި ސޮއި ކުރުމުގެ ކަންކަން ކުރިއށް ދާނެ ކަަމަށާއި އެ ކަމަށް ވެސް 30 ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށް މަބްރޫކް ވިދާލުވިއެވެ.

މީގެ ކުރިން ސަރުކާރުން ބުނީ މިމަހުގެ ތެރޭގައި ހިޔާ ފްލެޓް ހަވާލު ކުރެވޭނެ ކަމަށެވެ. މެއި މަހުގެ ތެރޭގައި ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔަ ނަމަވެސް އެ މަސައްކަތް މަޑު ޖައްސާލާފައި ވަނީ ކޮވިޑް ފެތުރުން އިތުރުވެގެން ދިއުމާ ގުޅިގެންނެވެ.

ހިޔާ ފްލެޓްގެ ގޮތުގައި 6،720 ފްލެޓް ވަނީ ދޫކޮށްފައެވެ. އެ ފްލެޓް ތަކުގެ ކުއްޔަށް މަހަކަށް 7500 ރުފިޔާ ނަގަން ނިންމާފައި ވާއިރު، މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ ފުލެޓަކުން 1000 ރުފިޔާގެ މަގުން މަހަކު 6،720،000 މިލިއަން ރުރިޔާ ނަގަން އެޗްޑީސީން ވަނީ ނިންމާފައެވެ.

ފެލެޓްގެ ކުއްޔަށް ނަގާ އަދަދު ބޮޑު ކަމާއި، އަދި އޭގެ މައްޗަށް މެއިންޓެނަންސްގެ ގޮތުގައި ބޮޑު އަދަދެއް ނަގާތީ އާންމުންނާއި މާލޭ ސިޓީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށް ކުލި ކުޑަކޮށްދޭން ސަރުކާރުގައި އެދިފައެވެ.