އެތައް ބައެއްގެ ޒާތީ މައުލޫމާތު ވިއްކުމަށް މަސައްކަތްކުރާ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މައުލޫމާތު ވިއްކުމަށް މަސައްކަތްކުރަމުންދާ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ކަމަށެވެ.

މި މައްސަލާގެ އިތުރު މައުލޫމާތު ހާމަކުރައްވާނެ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބަޔަކު އަންހެން ކުދިންގެ ފޯނު ނަންބަރާއި ސްނެޕްޗެޓް ފޮޓޯވެސް އަންނަނީ ވިއްކަމުންނެވެ. ޓެލެގްރާމް ގައި އޮޕަރޭޓް ކުރާކަމަށް އެނގިފައިވާ އެ ގްރޫޕޫގައި 500 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށާއި އަންހެން ކުދިންގެ ފޮޓޯ ފޮނުވާ އިތުރު މައުލޫމާތު ބޭނުންވާ ނަމަ ފައިސާ ޓްރާންސްފާ ކުރަން އެދޭ ކަމަށް ވެއެވެ.