އދ. ދަނގެތީ ފަޅުގައި އޮތް ސަފާރީއަކުން މޫދަށް ފޭބި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ ރޭ 10:30 ހާއިރު ދަނގެތި ފަޅުގައި އޮތް "ބްލޫފޯސް 1" ނަމަކަށް ކިޔާ ސަފާރީ އިން މޫދަށް ފޭބި ރ.އިނގުރައިދޫ، ވެސްޓް ބީޗު މުމްތާޒު ހުސެއިން 32އ،ގެ ހަބަރެއް ނުވެގެން ބެލިއިރު ސަފާރީއާ ދިމާލު މޫދޫ އަޑީގައި އޮއްވާ ފެނިފައިވާ ކަމަށެވެ.
އަދި އެމީހާ ނެގި އިރު ހަރަކާތެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެމީހާ ދަނގެތި ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސަފާރީއަކުން މޫދަށް ފޭބި މީހަކު އިއްޔެ މަރުވެފައިވާއިރު ގއ. ދެއްވަދޫ ކައިރިއަށް އެންދަމަން ފޭބި މީހަކު ވެސް އިއްޔެ ވަނީ މަރުވެފައެވެ.
އެހާދިސާގައި މަރުވެފައި ވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.