ކޮވިޑް ބަލީގައި ރާއްޖެއިން އަނެއްކާވެސް މީހަކު މަރުވެ، މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު 159 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވެފައި ވަނީ ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ 83 އަހަރުގެ މީހެއް ކަމަށާއި އޭނާ މަރުވެފައި ވަނީ މިއަދު ހެނދުނު 6:37 ހާއިރު ކަމަށެވެ.

އެ މީހާއަކީ ކޮވިޑަށް ޕޮޒިޓިވްވެ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 83 އަހަރުގެ ދިވެހި އަންހެނެއް ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ ޖުމްލަ ވަނީ 159 އަށް އަރައިފައެވެ. މި މަރާއެކު މިމަހުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު މިވަނީ 86 އަށް އަރާފައެވެ.

އިއްޔެ އާ ހަމައަށް ރާއްޖެއިން މިހާތަނަށް 63،600 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ބަލިން ފަސޭހަވެފައި ވަނީ 39،314 މީހުންނެވެ. ބަލި ޖެހިފައި އަދިވެސް 24،205 މީހުން އެބަ ތިބިއެވެ. އޭގެ ތެރެއިން 218 މީހަކަށް ފަރުވާ ދެމުން އަންނަނީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

އިތުރު ތަފްސީލު އަންނަނީ...