ޓޫރިޒަމް މިނިސްޓްރީން ފަތުރުރުވެރިކަން ތަރައްގީކުރުމަށް އެންމެ ފަހުން ބީލަމަށް ހުޅުވާލި ރަށްތަކުގެ އަގުތަކަށް ބަދަލުގެނެސް އަގުތައް ކުޑަކޮށްފިއެވެ.

މިނިސްޓްރީން ވަނީ ރާއްޖޭގެ އުތުރާއި ދެކުނު ހިމެނޭހެން 16 ރަށެއް، ރަށްތަކުގެ ކްލަސްޓާވެސް ހިމެނޭހެން ފަތުރުވެރިކަމަށް ހުޅުވާލާފައެވެ. މިނިސްޓްރީން ބުނީ އެ ރަށްތަކުގެ އަގުތައް ކުޑކޮށްފައިވަނީ މިވަގުތު ދުނިޔޭގެ އިންވެސްޓް ކުރުމުގެ މާހައުލަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.

  • ހއ. ވެލިފިނޮޅު – 420،000 ޑޮލަރު
  • ހއ. އަލިދުއްފަރު ފިނޮޅު - 350،000 ޑޮލަރު
  • ހދ. ކުޑަފަރު ފަސްގަނޑު – 210،000 ޑޮލަރު
  • މ. ސީދީ ހުރާ / މ. ސީދީ ހުރާ ވެލިގަނޑު، ސީދީހުރާ އާއެކު – 875،000 ޑޮލަރު
  • މ. މާއުސްފުށި – 1،575،000 ޑޮލަރު
  • ތ. ކާއްޑޫ – 70،000 ޑޮލަރު
  • ތ. ކަނިމީދޫ (އުތުރުން 10 ހެކްޓަރު) 1،050،000 ޑޮލަރު
  • ތ. އޮޅުފުށި / އޮޅުފުށި ފިނޮޅު (އޮޅުފުއްޓާއެކު) – 700،000 ޑޮލަރު
  • ލ. ކަށިދޫ – 700،000 ޑޮލަރު
  • ލ. ބޮޑުމުންޏަފުށި – 700،000 ޑޮލަރު
  • ލ. ދޮންބެރެހާ / ހޮޅުރަހާ (ދޮންބެރެހާ އާއެކު) – 525،000 ޑޮލަރު
  • ގއ. މާރެހާ – 1،400،000 ޑޮލަރު
  • ގއ. ފުނަދޫވިލިގިއްލާ – 700،000 ޑޮލަރު
  • ގދ.ކަނޑަހަލަގަލާ – 875،000 ޑޮލަރު
  • ގދ. ކަޑެވާރެހާ (ދިގުރެހާ އާއެކު) / ދިގުރެހާ – 700،000 ޑޮލަރު
  • ގދ. ފެރޭތަވިލިގެއްލާ (ގިނަ ރަށްތަކެއް ހިމެނޭހެން) / ދެކާންބާ (ފެރޭތަވިލިގެއްލާ އާއެކު) / ކޮޑެރެޓާ (ފެރޭތަވިލިގެއްލާ އާއެކު) / ފެރޭތަ ވިލިގެއްލާ ކައިރީ އޮންނަ 2.9 ހެކްޓަރުގެ ކުޑަ ރަށެއް ފެރޭތަ ވިލިގެެއްލާ އާއެކު – 700،000 ޑޮލަރު

އަންނަމަހުގެ 10ވަނަ ދުވަހާ ހަމައަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ދިވެހި ކުންފުނިތަކަށާ ބޭރުގެ ކުންފުނިތަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި މިއަހަރު ވެގެންދާނީ އިންވެސްޓްމެންޓުގެ އަހަރެއްކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީން މި އަހަރުގެ ބަޖެޓުގައި ރިސޯޓު ހަދަން ރަށްތައް ހުޅުވާލައިގެން ދައުލަތަށް އާމްދަނީގެ ގޮތުގައި 608.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެެސް ރިސޯޓު ހަދަން ހުޅުވާލި ރަށްރަށުގެ އިކުއިޒިޝަން ކޮސްޓު ކުޑަ ކުރުމުން އާމްދަނީ އަށް އޭގެ އަސަރު ކުރާނެއެވެ.