ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާނު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، ވީއައިއޭގެ ސެކިއުރިޓީ ރެއިން ފެށިގެން މަތިކޮށްފައި ވަނީ ލިބުނު މައުލޫމާތު ތަކަކާ ގުޅިގެން ކަމަށެވެ.

ވީއައިއޭގެ ސެކިއުރިޓީ ވަރުގަދަކޮށްފައި ވާއިރު މިމަހުގެ 6 ވީ ބުރާސްފަތު ދުވަހު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މުޅި ރާއްޖޭގެ ސެކިއުރިޓީ ވަނީ ވަރުގަދަ ކޮށްފައެވެ.

އެހާދިސާ އާ ގުޅިގެން ސިފައިން އަންނަނީ ހަތިޔާރާއި އެކު ހަރަކާތްތެރި ވަމުންނެވެ.

ރައީސް ނަޝީދަށް ހަމަލާ އާ ގުޅިގެން އެމްއެންޑީއެފްގެ ސެކިއުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް މަތިކޮށްފައެވެ. އަދި ފުލުހުންގެ ހިދުމަތުގެ އެލާޓް ލެވެލް، ލެވެލް 3 ވަނީ މަތިކޮށްފައެވެ.