ރައީސް ނަޝީދު ޖަރުމަނަށް ވަޑައިގަތުމަށް އެއާއެމްބިއުލާންސަށް އަރާވަޑައިގަންނަވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފިއެވެ. އަބްދުﷲ ހާދީ ނަމަކަށް ކިޔާ ޓްވިޓާ އެކައުންޓުން ހިއްސާ ކުރި ވީޑީއޯގައި ރައީސް ނަޝީދު އެއާއެމްބިއުލާންސަށް އަރާވަޑައިގަންވާ އިރު ހަށިކޮޅުގައި ބޭސްއަޅާފައި ހުރި ބައެއް ތަންތަން ފެނެއެވެ.
އެހީތެރިންނާއެކު ފުލައިޓަށް އަރާވަޑައިގަންނަވަން އެކަނި މަސައްކަތް ކުރައްވާ އިރު ފްލައިޓްގެ ސިޑިން އެރުއްވުމުގައި އުނދަގޫތަކެއް ހުރިކަން ފާހަގަ ވިއެވެ. އަރިއަޅާކަން އުޅުނު ނަމަވެސް އަރިހުގައި ހުންނަ އެހީތެރިޔާގެ އެހީތެރިކަމާއެކު ފްލައިޓަށް އަރާވަޑައިގަނެއެވެ.
މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްތް ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި އަނިޔާތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ނަޝީދު ޖަރުމަނަށް ފުރާވަޑައިގަތީ މިއަދު ހެނދުނުއެވެ.
ނަޝީދުގެ ޖަރުމަނުގެ ދަތުރުފުޅާއި ބޭސްފަރުވާގެ ހުރިހާ ކަމެއް ކުރަނީ ޖަރުމަނު ސަރުކާރުގެ ހަރަދުގައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްވި ކަމަށް އެންމެ ފުރަތަމަ ފަރުވާ ދިން އޭޑިކޭން ވަނީ ބުނެފައެވެ.
އެމަނިކުފާނުގެ މޭފުޅާ ދިމާއަށް ވަދެފައި ހުރި ރޭޒާ ފުއް ވަދެފައި ހުރީ ފުއްޕާމޭ ފޫއަޅާފައި ކަމަށާއި، މޭފުޅަށް ނުވަދެ ހުރީ ކަށިގަނޑެއްގައި ޖެހުމުން ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި އެ ކަށިގަނޑު ވަނީ ފުނޑިފައި ކަމަށާއި އެ ކަށިގަނޑުން 1 ސެންޓިމީޓަރު ތިރިޔަށް ރޭޒާފުއް ޖެހުނު ނަމަވެސް ހިތްޕުޅުގެ ތެރެއަށް ރޭޒާފުއް ވަންނާނެ ކަމަށް އޭޑީކޭ ޑޮކްޓަރުން ބުންޏެވެ.
ނަޝީދަށް ދިން ޓެރަރިސްތް ހަމަލާއާ ގުޅިގެން ބޮން ގޮއްވާލި މީހާއާއި ގުޅުންހުރި 2 މީހަކު ވަނީ ހައްޔަރު ކޮށް ބަންދުގެ މުއްދަތު ޖަހާފައެވެ.
ހުސް ޑުރާމާ އެއްކަމެއްވެސް ނުވޭ ހަފުތާއެއް ނުވަނީސް ހިލައެއްހެން ފެންނާނެ ކޮންކުރަސް ކާމިޔާބު ކުރަން ޔަހޫދީން ދޭ ޚިޔާލު ގުދުސް އާއި ދެކޮޅަށް ވާހަކަދަށްކަން އިޒުރޭލަށް ދާން ނިިކުތް މީހެއް ކޮންކަމެއްނުކުރާނީ އޭނަ ގެ ބަހުރުވައިން ނަމަ ކަނާއަތުން ކުރާކަންތަށް ވާއަތަށްނޭގޭނެ އެކަމަކު މިހާރު ދިވެހިން އެއަށްވުރެ ވިސްނުން ތޫނު ގަމާރު އަންނި