ކޮވިޑް-19އާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން މިއަހަރުވެސް ޑިޖިޓަލް މިއުޒިކް ޝޯ، ބާއްވަން ހަމަޖައްސައިފިއެވެ.

އުރީދޫން ބުނީ ކޮވިޑް 19 އިން ރައްކާތެރިވެ ތިބުމަށް މި ދަނޑިވަޅުގައި، ދިމާވެފައިވާ ގޮންޖެހުން ތަކާއެކު ގޭގައި ތިބެގެން އުފާވެރި، ކުލަގަދަ އީދެއް ފާހަގަ ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން މިއަހަރުވެސް ޑިޖިޓަލް މިއުޒިކް ޝޯ، އުރީދޫ އީދު ޝޯ 2021 ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އުރީދޫ ޢީދު ޝޯ ގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފަންނުވެރިން ތަކެށް ފެނިގެން ދާނެ ކަމަށާއި އޭގެ ތެރެއިން ޒަކިއްޓެ، ޝަންމޫނު، ހަބޭސް ފިއުޝަން އަދި ޑަންޑޫރަ ހިމެނެއެވެ.

އުރީދޫ ޢީދު ޝޯ ބޭއްވުމަށް ހަމަ ޖެހިފައި ވަނީ 24 މޭ، ރޭގަނޑު 9:00ގައި އުރީދޫ މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލްގައެވެ. އުރީދޫ މޯލްޑިވްސް އިން، ގޭގައި ތިބެގެން މި ކުލަގަދަ ޢީދު ޝޯގައި ބައިވެރިވުމަށް އެންމެހާ ފަރާތްތަކަށް ދައުވަތު ދެއެވެ.

ޝޯ ބާއްވަން ހަމަޖެހިފަވާ ގަޑީގައި އުރީދޫ މޯލްޑިވްސް ގެ ސޯޝަލް މީޑިއާ މެދުވެރުކޮށް ނުވަތަ މި ލިންކް މެދުވެރިކޮށްވެސް ޝޯ ބަލާލެވޭނެއެވެ.