ރާއްޖޭގައި މިވަގުތު ކޮވިޑް ބަލި ހަލުވިކަމާއެކު ފެތުރެމުންދާ އިރު މި ބަލީގައި 12 މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

ކޮވިޑް ބައްޔާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 10،376 މީހަކު އެބަތިބި ކަމަށެވެ. އަދި އޭގެތެރެއިން 244 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށެވެ.

މީގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި 11 ވަނަ ފަންގިފިލާގައި ހުންނަ އައިސީޔޫގައި ކްރިޓިކަލް ކޮންޑިޝަން ގައި ވެންޓިލޭޓަރަށް ނުލައި 4 މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި ވެންޓިލޭޓަރުގައި އައިސީޔޫގައި ފަރުވާ ދެމުންދާ 4 މީހަކުވެސް އަބަތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން އެޗްޕީއޭގެ އެޑްވައިސަރީ ގްރޫޕުގައި ހިމެނޭ ޑރ. މުރާދު ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގައި އައިސީޔޫގައި ވެސް 4 މިހަކަށް އަންނަނީ އައިސީޔޫގައި ފަރުވާ ދެމުން ކަމަށެވެ. އެ 4 މީހުންނަކީ ވެސް ހާލު ސިޜިއަސް 4 މީހުން ކަމަށާއި ވެންޓިލޭތަރަށް ލާންޖެހިދާނެ ފަދަ ހާލަތެއްގައި ތިބި މީހުން ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ތަފްސީލް:

  • ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާ - 8 ބަލި މީހުން
  • ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާ - 6 ބަލި މީހުން
  • ހުޅުމާލެ މެޑިކަލް ފެސިލިޓީ - 214 ބަލި މީހުން
  • ބ. އޭދަފުށި ކޮވިޑް ފެސިލިޓީ - 2 ބަލި މީހުން
  • ށ. ފުނަދޫ ކޮވިޑް ފެސިލިޓީ - 7 ބަލި މީހުން
  • ލ. ގަން ކޮވިޑް ފެސިލިޓީ - 7 ބަލި މީހުން

މިއަދު އެކަނިވެސް ރާއްޖެއިން ވަނީ 1204 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ހަަމއެއާއެކު އިއްޔެވެސް ވަނީ 1091 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މި ކޭސްތައް މައްޗަށް ގޮސްފައި ވަނީ މި މަހު ކުރީ ކޮޅު އުޅުނު ބެކްލޮގްއެއްގެ ސަބަބުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި 10،000 އިންމަތިން އެކްޓިވް ކޭސް ރިޕޯޓްކޮށްފައިވާ އިރު އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ތިބި ކަމަށް މަބްރޫކް ވިދާލުވިއެވެ. އެ ގޮތުން މިހާތު 238 ކުޑަކުދިންނާއި އުމުރުން ދުވަސްވީ 36 މީހުން އެކްޓިވް ކޭސްގެ ތެރޭގައި އެބަ ތިއްބެވެ.