ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅާ ކައިރީގައި އެއްޗެއް ގޮއްވާލާ ދިން ބޮމުގެ ހަމަލާގައި، އެންމެ އިސް މީހާ ކަމަށްވާ އަހްމަދު އަދުހަމްއަކީ ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިއެއް ކަން "ދަ ޕްރެސް" އަށް އެނގިއްޖެއެވެ.
ވ. ތިނަދޫ އަށް އުފަން އުމުރުން 25 އަދުހަމް އަކީ 2013 ގައި އެފްއޭއެމުން އެކުލަވާލި އުމުރުން 19 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިއެއް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
އޭގެ އިތުރުން 2011 ގައި ބޭއްވި އެފްއޭއެމް އެވޯޑްސްގައި އުމުރުން 16 އަހަރުން ދަށުގެ ބައިން "ބެސްޓް ޔޫތު ޕްލޭޔާ" އެވޯޑް އަދުހަމް އަށް ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އީގަލްސްގެ ޔޫތު ޓީމަށް އަދުމަށް ވަނީ ކުރިން ކުޅެފައެވެ.
އަދުހަމް ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ މިއަދު ހެނދުނު 7:00 ހާއިރު ހުޅުމާލެ ފުލެޓު 95G02 އިންނެވެ.
ފުލުހުން ބުނެފައި ވަނީ މިއަދު ހެނދުނު ހައްޔަރުކުރި މީހާއަކީ ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ބޮން ގޮއްވާލި ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަން އިއުލާންކުރި މީހާއެވެ. އޭނާއަކީ އެ ހަމަލާ ދިން ވަގުތު "އަތަމާ ޕެލަސް" ކުރިމަތީގައި ހުރި މީހާއެވެ.
އަވަހައް ހީރޯ އަކަށް ހަދާ..