ޓެރަރިސްޓް ހަމަލާއާ ގުޅޭ 2 މީހަކު ހައްރު ކޮށްފިއެވެ. ފުލުހުން ވަނީ ދާދި ދެންމެ އެކަން ހާމަ ކޮށްފައެވެ.

އިންޖީނު ގޭ މަގުގައި ފުލުހުން ހިންގާ އޮޕަރޭޝަނުގައި ބަލަނީ އެމަގުގައި ހުރި މުސާފިރީން ނަމަކަށް ކިޔާ އޮފީހެކެވެ.

މިހާތަނަށް މައުލޫމާތު ލިބިފައިވަނީ 2 މީހަކު ހައްޔަރު ކުރި ކަމަށާއި، އޭގެ ތެރެއިން އެކަކު ހައްޔަރު ކުރީ މުސާފިރީން އޮފީސް ހުންނަ އިމާރާތުން ކަމަށެވެ. އަދި 2 ވަނަ މީހާ ހައްޔަރު ކުރީ ހުޅުމާލެއިން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ހުޅުމާލެއިން ހައްޔަރު ކުރި މީހާ ފުލުހުން ހައްޔަރު ކޮށްފއި ވަނީ ހުޅުމާލޭ ރަބަރުގަސް މަގުންނެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ބޮން ގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި މީހާއާއި ބޮން ގޮއްވި ސައިކަލުގެ ވެރިފަރާތެވެ.

މިކަމާ ގުޅޭ ތަފްސީލުތައް ފުލުހުން އަދި ހާމަ ކޮށްފައި ނުވާއިރު، މިއަދު މެންދުރު ފަހު 4:00 ގައި ފުލުހުން ޕްރެސް ކޮންފަރެންސެއް ބާއްވާނެކަން ވަނީ އިއުލާން ކޮށްފައެވެ.