ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުން ދާތީ މިވަގުތު ބަލި ފެތުރެމުން ދާ 5 ރަށެއްގައި ދުވާލަކު 12 ގަޑިއިރަށް ކާފިއު އިއުލާން ކޮށްފިއެވެ.

ހްލްތް ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތް ރައްކާތެރި ކުރުމުގެ ގޮތުން މާދަމާއިން ފެށިގެން ވަކިގޮތެއް އަންގަންދެން، ޅ.ނައިފަރާއި، ކ.މާފުށްޓާއި، އއ.މަތިވެރިއާއި، އއ.އުކުޅަހާއި، ބ. އޭދަފުށީގައި ގައި ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ހަމައެއާއެކު ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓަާލުމަށާއި ރަށުގެ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ.

ރައްކާތެރިކަމުގެ ގޮތުނަ އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މި ފަސް ރަށުގައި އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން މަނާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެރަށް ރަށުގައި ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓައިލުމަށް ވެސް އެޗްޕީއޭއިން ބުނެއެވެ

މީގެ އިތުރުން ފިހާރާތަކުން ހިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށާއި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ވެސް މިވަގުތު ހުއްޓާލުމަށް ވަނީ އަންގާފައެވެ.