މަސައްކަތުގެ މައިދާނުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް އެއްވުމެއް ބާއްވަން ނިންމައިފިއެވެ.

"ރައިޒް އަޕް އެމްވީ"ގެ ފަރާތުން ބާއްވާ އެ އެއްވުން ބާއްވަން ހަމަޖެހިފައި ވަނީ މިރޭ 8:45 ގައި ރަސްފަންނު ސަރަހައްދުގައެވެ.

އެ އެއްވުމުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ މަސައްކަތުގެ މާހައުލުގައި އާންމުވެފައިވާ ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ މައްސަލަތަކަށް އިންސާފު ހޯދައިދީ ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލުން ކަމަށް އެ އެއްވުން އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެއެވެ.

މި އެއްވުން އިންތިޒާމް ކުރާ ފަރާތުން ބުނީ ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވެފައިވާ މިދަނޑިވަޅުގައި އެ ހަރަކާތް ކުރިއަށް ގެންދާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.