އެލައިޑް އިންޝުއަރަންސް ކުންފުނީގެ ރަމަޟާން ޕްރޮމޯޝަން "ރޯދަމަހާ ރޯއްޖާ" ޕްރޮމޯޝަނުގެ ދަށުން އަލަށް މޮޓޯ ތާޑް ޕާޓީ އިންޝުއަރަންސާއި ތަކާފުލް ނަގާ ފަރާތްތަކަށާ ޕްލޭން އާ ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ ޑިސްކައުންޓަޑް އަގުތަކެއް ކަނޑައަޅާފިއެވެ.

އެލައިޑުން ބުނީ "ރޯދަމަހާ ރޯއްޖާ" ޕްރޮމޯޝަންގައި ސައިކަލަކަށް ތާޑް ޕާޓީ ކަވަރޭޖް ހޯދުމަށް ހޭދަވަނީ އެންމެ 140 ރުފިޔާ ކަމަށެވެ. އަދި 4 ފުރޮޅުލީ އުޅަނދެއް ނަމަ، 475 ރުފިޔާ ކަމަށެވެ.

އޭގެ އިތުރުން އެހެނިހެން އުޅަނދުތަކަށް ވެސް އެލައިޑުން ޑިސްކައުންޓަޑް ރޭޓްތައް މިޕްރޮމޯޝަނުގައި ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެލައިޑުން ބުނީ ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުުރުސަތު ކޮންމެ ފަރުދަކަށް ވެސް ހުޅުވާލާފައިވާއިރު، މިޕްރޮމޯޝަން އަގުތަކުގައި ޕޮލިސީ ނެގުމަށްފަހު އޮންލައިން ވަސީލަތްތައް އިހުތިޔާރުކުރުމުގެ އިތުރުން އެލައިޑުގެ ކަސްޓަމާ ފްރަންޓް އޮފީހަށް ވެސް ދެވިދާނެ ކަމަށެވެ.

މޮޓޯ ތާޑް ޕާޓީ އިންޝުއަރަންސަކީ އެކްސިޑެންޓެއް ކުރިމަތިވާ ހިނދު ތިންވަނަ ފަރާތަށާއި އެފަރާތުގެ އުޅަނދަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭނެހެން ފަރުމާކުރެވިފައިވާ ޕޮލިސީއެއް ކަމަށް އެލައިޑުން ބުނެއެވެ.

ކޮންމެ އުޅަނދަކަށްވެސް ނެގުން، ސަރުކާރުން ލާޒިމްކޮށްފައިވާ މިޕޮލިސީއިން މުޅި މުޖްތަމައުއަށް އޭގެ ފައިދާ ކުރާނެ ކަމަށް އެލައިޑުން ވަނީ ބުނެފައެވެ. މާނައަކީ، އެކްސިޑެންޓަކާއި ކުރިމަތިލާ ހިނދު ދެމީހުން ޕޮލިސީ ނަގާފައި ވާނަމަ، ދެމީހުންނަށް ލިބޭ ގެއްލުމަށްވެސް ބަދަލު ކަށަވަރުވެގެންދާ ކަމަށް އެލައިޑުން ވަނީ ބުނެފައެވެ.

އެލައިޑުން ބުނީ މިޕްރޮމޯޝަނަކީ މަގުމަތީގެ ރައްކާތެރިކަމަށް ބަލައިގެން ދުއްވުމުގެ މުހިންމުކަމާއި ރައްކާތެރިކަން ޔަގީންކުރުމުގެ މުހިންމުކަމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ނިޔަތުގައި ފެށި ކެމްޕެއިނެއް ކަމަށެވެ.

އެގޮތުން މިކެމްޕެއިން މެދުވެރިކޮށް ރައްޔިތުންނަށް މެސެޖު ފޯރުކޮށްދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށާއި ރަމަޟާން މަހަކީ ނިސްބަތުން މަގުމަތީގެ ތަފާތު އެކްސިޑެންޓްތައް ގިނަ މަހެއްކަމުން، މިފަދަ ކަމެއް ހިނގާ ވަގުތުގައި ވެސް ލިބޭ ގެއްލުން ކުޑަ ކުރުމަށް އެހީތެރިވެދިނުމަށް ފެށި މަސައްކަތެއް ކަމަށް އެލައިޑުން ފާހަގަކުރެއެވެ.