ދުނިޔޭގެ އެންމެ ވަރުގަދަ ވީޑިއޯ ސްޓްރީމިންގް ޕްލެޓްފޯމްތަކުގެ ތެރޭގައި ގުނާލެވޭ ނެޓްފްލިކްސްއިން ގެނެސްދޭ މަޝްހޫރު ޝޯ، "ޔޫ"ގެ ކުރިއަށް އޮތް 3 ވަނަ ސީޒަންގެ ޝޫޓިންގްގެ މަސައްކަތްތައް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭހަކާ ނުލާ ނިންމާލައިފިއެވެ.
އެންމެ ފަހު ދުވަހުގެ ޝޫޓިންގްގެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ޝޯ ރަނާ، ސެރާ ގޭމްބްލް ކުރި ޓްވީޓްތަކެއް ބުނެފައި ވަނީ، ކޮވިޑް ބަލިމަޑުކަމުގެ އަސަރު، އެ ޝޯގެ ޝޫޓިންގްއަށްވެސް ފޯރި ކަމަށާ، ނަމަވެސް، ސެޓުން އެއްވެސް ކޭހެއް ފެނިފައި ނުވާ ކަމަށެވެ. މިކަމުގައި ގިނަ ބައެއްގެ ބުރަ މަސައްކަތް އެކުލެވޭ ކަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
"ޔޫ"އަކީ 2018 ވަނަ އަހަރު، އެ ޝޯއެއްގެ އަޑު އެންމެ ގަދައަށް ގުގުމަމުން ދިޔަ ޝޯއެވެ. 2019 ވަނަ އަހަރުވެސް އެ މަގާމު ދެމެހެއްޓުމަށްފަހު، 3 ވަނަ ސީޒަންއަކީވެސް ފޯރިގަދަ ވާނެ ސީޒަނެއް ކަމަށް ބެލެވެއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިމަތިވި ޑިލޭތަކަށް ފަހު، "ޔޫ"ގެ ތިންވަނަ ސީޒަން ބަލާލުމުގެ ފުރުސަތު، އާންމުންނަށް ލިބޭ ވަރު ވާނީ، މިއަހަރުގެ ފަހުކޮޅުގައެވެ.