ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރައީސް އޮފީހުން ބުނީ، ފަސްޓް ލޭޑީ ފަޒްނާ ކޮވިޑް-19 އަށް ޕޮޒިޓިވް ކަން އެނގިވަޑައިގެންނެވުމާއެކު، މިހާރު ހުންނެވީ އާއިލާއާ އެކަހެރިވެ ވަޑައިގެން ކަމަށެވެ. އަދި، އެކަމަނާ ކޮވިޑަށް ޕޮޒިޓިވް ވި ކަމުގައި ވިޔަސް ހާލުކޮޅު ރަނގަޅު ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މެޑަމް ފަޒްނާ ޕޮޒިޓިވް ވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، އެ ދެކަނބަލުންގެ ދެ ބޭފުޅުން، ސަރާ ސޯލިހް އަދި ޔަމާން ސޯލިހް ވެސް ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރައްވާފައެވެ. ރައީސް ސޯލިހާއި، ސަރާ އަދި ޔަމާންގެ ވެސް ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.