ރޯދަމަހު ވެކްސިން ޖަހައިދޭނެ ގަޑިތައް ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފިއެވެ.

އެޗްޕީއޭން ބުނީ ރޯދަ މަހު ކޮވިޑް-19 ގެ ވެކްސިން ޖަހައިދޭނީ ރޭގަނޑު 9:00 އިން 11:00 އަށް ކަމަށެވެ. ޖުމްލަ 7 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ހިދުމަތް ދޭނެއެވެ.

އެގޮތުން ކޮވިޝީލްޑުގެ ދެވަނަ ޑޯޒު ޖަހައިދޭނީ ސޯޝަލް ސެންޓަރު، ނެޝަނަލް އާޓް ގެލެރީ، ރައްޔިތުންގެ މަޖިލިސް، ހުޅުމާލޭ ވެކްސިން ސެންޓަރު، އަދި ވިލިމާލޭ ވެކްސިން ސެންޓަރާއި ސެނަހިޔާ ހޮސްޕިޓަލުންނެވެ. އަދި ސިނޯފާމްގެ ފުރަތަމަ ޑޯޒު ޖަހައިދޭނީ ޓްރީ ޓޮޕް ހޮސްޕިޓަލުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ވެންސިން ޖަހައިދޭ ތަންތަނާއި ގަޑިތައް

ވެކްސިން ޖަހަންދާއިރު ބަލަންޖެހޭ ކަންތައްތައް:

  • ވެކްސިން ކާރޑް ގެންދިއުމަށް (2 ވަނަ ޑޯޒް ޖަހާ ފަރާތްތައް)
  • އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން
  • ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
  • ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން
  • ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
  • ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
  • ވެކްސިން ޖަހަން ދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން
  • ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުން

ރާއްޖޭގައި ވެކްސިންގެ ފްރުތަމަ ޑޯޒް މިހާތަނަށް 265،235 މީހަކު ވަނީ ޖަހާފައެވެ. އަދި 2 ވަނަ ޑޯޒް 14،951 މީހަކު ޖަހާފައި ވެއެވެ.

މާދަމާ އަކީ ވެކްސިން ސެންޓަރުތައް ބަންދު ދުވަހެކެވެ.