ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބު 2020ގައި ބާތިލް ވޯޓުތައް އާދަޔާ ހިލާފަށް ގިނަވެފައި ވާތީ އިދިކޮޅުން އެކަން ބަލައިދިނުމަށް އެދި އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.

އިދިކޮލު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ސަރުކާރުން އިންތިހާބުގެ ނަތީޖާތަކަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށާއި ނަތީޖާ ބަދަލުކޮށް މިހާރު ކުރި ހޯދާފައިވާ ޕީޕީއެމްގެ މެންބަރުންނަށް އެ މަގާމު ނުލިބޭގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.

އެގޮތުން ވަކިވަކި ފޮށިތަކުގެ ނަތީޖާތައް ބަދަލުކުރުމަށް މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އޭގެ ތެރޭގައި ގިނައީ އަތޮޅު ކައުންސިލްތަކުގެ ނަތީޖާތައް ބަދަލުކުރުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުތައް ކަމަށް އޭނާ ވިދާޅުވިއެވެ.

އެއް ވޯޓު ދެ ވޯޓު ނުވަތަ ފަސް ވޯޓުގެ ނަތީޖާއިން އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ކާމިޔާބުވެފަ ހުރި ފޮށިތައް ނުވަތަ އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ކާމިޔާބު ލިބިފައި ހުރި ފޮށިތަކަށް ވެސް ނުފޫޒު ފޯރުވަމުން އެބަ ދޭ، ބާތިލް ވޯޓުތައް ވެސް އާދަޔާ ހިލާފަށް ގިނަ، އެ ވޯޓުތަކަކީ ސައްހަ ވޯޓުތޯ ނުވަނަ ނޫންތޯ ބެލުމަށް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނަށް މިހާރު ހުށަހަޅައިފައި ވާނެ ބައެއް ފޮށިތަކުގައި 500 ބާތިލު ވޯޓު އަދި 1000 ބާތިލް ވޯޓު ހުރި
ހީނާ

އެކަމުގެ ކަންބޮޑުވުން އޮތްއިރު އިލެކްޝަންސް ކޮމިޝަނަށް ވެސް ސަރުކާރުން ނުފޫޒު އޮތް ކަަމަށާއި ވޯޓާ ގުޅިގެން ކޯޓަށް މައްސަލައެއް ހުށަހަޅަން ޖެހިއްޖެ ނަމަ އެކަމަށް ކޯލިޝަން އޮތީ ތައްޔާރު ވެގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހީނާ އެފެދައިން ވިދާޅުވެފައި ވާއިރު، މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބު ހޯދީ އެމްޑީޕީ އިން ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.