ވެމްކޯއިން ކުނި މެނޭޖްކުރުމުގެ މަސައްކަތް ރަމަޟާންމަހު ކުރިއަށް ގެންދާނެ ގަޑިތައް އާއްމުކޮށްފިއެވެ.
ވެމްކޯއިން ބުނީ ރަމަޟާންމަހު މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ގޭބިސީތަކުން ކުނި ނެރެން ޖެހޭނީ ކޮންމެ ރެއަކު 10:00 އިން 11:00 އަށް ކަމަށެވެ.
މާލޭގައި ވޭސްޓް މެނޭޖުމަންޓް ސެންޓަރުން ހިދުމަތް ދޭނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ. އަދި ރޭގަނޑު 8:00 އިން ފެށިގެން މެންދަމު 3:00 އަށެވެ.
އަދި ހުކުރު ދުވަހު އެސްޓޭޝަންތަކުން ހިދުމަތް ދެމުން ގެންދާނީ މެންދުރުފަހު 2:00 އިން ހަވީރު 5:00 އާ ހަމައަށެވެ. އަދި ރޭގަނޑު 8:00 އިން މެންދަމު 3:00 އަށެވެ.
ހުޅުމާލޭގައި ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ވޭސްޓް މެނޭޖުމަންޓް ސެންޓަރުން ހިދުމަތް ދޭ އިރު ރޭގަނޑު 8:00 އިން ފެށިގެން މެންދުރު 1:00 އާ ހަމައަށް ހިދުމަތް ދޭނެއެވެ.
އަދި ހުކުރު ދުވަހު އެސްޓޭޝަންތަކުން ހުޅުމާލޭގައި ހިދުމަތް ދެމުންގެން ދާނީ މެންދުރު ފަހު 2:00 އިން ހަވީރު 5:00 އާ ހަމައަށެވެ. އަދި ރޭގަނޑު 2:00 އިން މެންދަމު 2:00 އާ ހަމައަށެވެ.
މާލޭގެ އިތުރުން ވެމްކޯގެ ހިދުމަތްދޭ އައްޑޫ ސިޓީގެ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7:00 އިން 11:00 އަށެވެ. އަދި އެސިޓީގެ ހުޅުމީދޫ ގޭބިސީތަކުން ކުނިނަގަމުން ދާނީ ކަނޑައެޅިފައިވާ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އާ ހަމައަށެވެ.
ފުވައްމުލައް ސިޓީގެ ގޭބިސީތަކުން ކުނިނަގާނީ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އާ ހަމައަށެވެ.