ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތް ރ.މަޑުއްވަރީގައި ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.

ދިރާގުން ބުނީ، ރ. މަޑުއްވަރީގައި ދިރާގު ޓީވީ ތައާރަފުކޮށްފައި ވަނީ ދިރާގު ޓީވީ އަށް ގުޅާލުމަށް ރަނުގެ ފުރުސަތެއް ހުޅުވާލާފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ގެންދާ ހާއްސަ ޕޮރޮމޯޝަނެއްގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑާ) މުޅިން ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މެއި މަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. މި މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައި ކުރާ ކަސްޓަމަރުންގެ ތެރެއިން 20 ނަސީބުވެރިން ހޮވައި އެ ކަސްޓަމަރުންނަށް 6 މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލާލެވޭނެއެވެ.

"ދިރާގު ޓީވީގެ އާ އޮފާތަކާ އިތުރު ޗެނަލްތައް ތައާރަފުކޮށްފައިވާ ދަނޑިވަޅެއްގައި ރ. މަޑުއްވަރީގައި ދިރާގުޓީވީ ހިދުމަތް ތައާރަފު ކުރުމާމެދު ވަރަށް އުފާ ކުރަން. ރ. މަޑުއްވަރީގައި ދިރިއުޅޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމެއެ ގެނެސްދީ ދިރާގު ޓީވީ މެދުވެރިކޮށް މުނިފޫހި ފިލުވުމަށް އިތުރު ލުއި ފަސޭހަތަކެއް ލިބޭގެންދާނެ ކަމަކީ އުންމީދެއް. އަދި ހަމައެއާއެކު ގިނަ ކޮލެޓީ ޗެނަލްތަކެއް ހެޔޮއަގެއްގައި ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ"
ދިރާގުގެ އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު

ދިރާގު ޓީވީއަށް މިހާރު އެޕްލައި ކޮށްގެން ދިރާގުން އަލަށް ތައާރަފު ކުރި ގޯލްޑް ޕެކޭޖްގެ ހުރިހާ ޗެނަލްތައް ވެސް ބަލާލެވޭނެއެވެ. އެގޮތުން ދިރާގު ޓީވީގެ ގޯލް ޕެކޭޖުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނެއެވެ. އޭގެ ތެރޭގައި މުޅިން އަލަށް ތައާރަފުކުރި ސިނަމާޗީގެ ޗެނަލް ތައް އެންމެ 450 ރުފިޔާ އަށް ބަލާލެވޭނެއެވެ.

އަލަށް ތައާރަފުކުރި ޗެނަލް ތަކުގެ ތެރޭގައި ސިނަމާޗީ އެކްޝަން، ސިނަމާޗީ ރޮމޭންސް، ސިނަމާޗީ ކޮމެޑީ، ސިނަމާޗީ ޑްރާމާ އަދި ސިނަމާޗި ކްރައިމް ހިމެނެއެވެ. އެގޮތުން މިޗެނަލްތައް ދިރާގު ޓީވީގެ ގޯލްޑް ޕެކްއަދި ދިރާގު ޕްލޭ އެޕްގެ ޕްލޭ މޯ ޕެކޭޖުން ބަލާލެވޭނެއެވެ.

ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 77 ގޭބިސީއަށް މިހާރު ދިރާގު ޓީވީ ހިދުމަތް ފޯރުކޮށް ދީފައެވެ.ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސް ދިނުމަށެވެ.