އިއްޔެ ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބު ވީ ސަރުކާރުން ހިންގުމުގައި ވަކި އާއިލާތަކަށާއި ރައްޓެހިންނަށް ވަޒީފާ ދޭތީ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ ގެ ސްޕެޝަލް ރެޕަޓުއާ ޑރ. އަހްމަދު ޝަހީދު ތުހުމަތު ކުރައްވައިފިއެވެ.
ޝަހީދު ވިދާޅުވީ، އިއްޔެ ކުރިއަށް ދިޔަ އިންތިހާބުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވޯޓު ނުލީ މި ސަރުކާރު ހިންގުމުގައި ކޮރަޕްޝަނާއި ނެޕޮޓިޒަމް (އާއިލާގެ މީހުންނާއި ގާތް މީހުންނަށް މަންފާ ވާ ގޮތަށް ނުފޫޒު ބޭނުން ކޮށްގެން ކުރާ ކަންކަން) އާންމު ވެފައިވާތީ ކަމަށެވެ. އަދި މިފަދަ ކަންކަން މެދުވެރި ވުމުގެ ސަބަބުން ރައްޔިތުން ތިބީ މާޔޫސް ވެފައި ކަމަށް ޝަހީދު ވިދާޅުވިއެވެ.
މި ސަރުކާރުގައި "ވަކި އާއިލާތަކެއްގެ ދެފައި" ހުރިހާ ތަނެއްގައި އޮތުމާއި މި ސަރުކާރުން ރައްޔިތުންގެ ބޭނުން ނުހިފުމަކީ ސަރުކާރަށް ތާއީދު ކުރަން ރައްޔިތުން ގެއިން ނުނިކުތް ސަބަބެއް ކަމަށް ޝަހީދު ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމަށް އައި އިރު ކުރީގެ ސަރުކާރަށް ފާޑު ކިޔަމުން، އާއިލާގެ މީހުންނަށް ވަޒީފާތައް ބަހާ ނުލާނެ ކަމަށް ބުނި ނަމަވެސް މިހާ ހިސާބަށް އައި އިރު ސަރުކާރުގެ ވަރަށް ގިނަ މަގާމުތަކާއި ކަންކަމުގައި އެއް އާއިލާތަކަކަށް ނިސްބަތްވާ ގިނަ ބަޔަކު ތިބި ކަމަށް ބުނެ ސަރުކާރަށް އަމާޒުވާ ފާޑުކިޔުން ބޮޑެވެ.
ޝަހީދު ވިދާޅުވީ ހަމަތެދު ހަގީގަތެށް އޭގެ ނަތީޖާ އެމްޑީޕީ އައް އެފެނުނީ