މި އަހަރުގެ ރޯދަ މަހު އަދި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު އައިޖީއެމްއެޗުން ހިދުމަތްދޭ ގަޑިތައް ހާމަ ކޮށްފިއެވެ.
އައިޖީއެމްއެޗުން ކުރި އިއުލާނެއްގައި ބުނީ އައިޖީއެމްއެޗުން ދޭ ހިދުމަތްތަކުގެ ތެރެއިން ސްޕެޝަލިސްޓް އޯޕީޑީ ކޮންސަލްޓޭޝަން ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 09:00 އިން ހަވީރު 04:00 އަށް ކަމަށެވެ.
އޭގެ އިތުރުން ޖެނެރަލް އޯޕީޑީ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 10:00 އިން 2:00 އަށް އަދި ހަވީރު 04:00 އިން ދަންވަރު 12:00 ކަމަށާއި ލެބޯޓްރީގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައި ވަނީ 08:00 ން 04:00 އަށް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގެ ހިދުމަތްތަކަށް ބަލާއިރު އެމްއާރުއައިގެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 09:00 އިން 09:00 އަށް ކަމަށާއި އެކްސްރޭގެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 09:00 އިން 04:00 އަށް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ. އަދި އަލްޓްރާސައުންޑްގެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 09:00 އިން 04:00 އަށް އަދި ސްކޭންގެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހެންދުނު 09:00 ން 2:00 އަށް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
އައިޖީއެމްއެޗުން ބުނީ ފިޒިއޯތެރަޕީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ 09:00 އިން 04:00 އަށް ކަމަށާއި އީސީޖީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ 09:30 އިން 01:30 އަށް ކަމަށެވެ.
އިކޯކާޑިއޯގްރަފީގެ ހިދުމަތް 09:00 އިން 01:00 އަށް ދިނުމަށް ހަމަޖެހިފައި ވާއިރު ސްޕީޗް ތެރަޕީ ދިނުމަށް ހަމަޖެހިފައި ވަނީ 09:00 އިން 03:00 އަށް ކަމަށް އައިޖިއެމްއެޗުން ވަނީ ބުނެފައެވެ. އަދި އެންޑޮސްކޯޕީގެ ހިދުމަތާއި ކޮލޮނޮސްކްޕީ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ 09:00 ން 11:30 އަށް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ޓްރޯމާ އެންޑް އިމަޖެންސީގެ ހިދުމަތް 24 ގަޑިއިރު ކުރިއަށްދާނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.