އިންގްލިޝް ޕްރިމިއާ ލީގުގައި މިއަދު ސައުތްހެމްޓަންއާއި ބާންލީ ވާދަކުރި މެޗު ސައުތްހެމްޓަން ކާމިޔާބުކޮށްފިއެވެ.

ސީޒަން ނިމެންދާ އިރު ރެލިގޭޝަނާއި ދުރަށްދާން މަސައްކަތް ކުރާ މި ދެޓީމުގެ ދެމެދު ކުޅުނު މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ 12 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނެގީ ބާންލީންނެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކްރިސް ވުޑެވެ. މެޗުގައި ދެން ފެނުނު ލަނޑު ވެސް ޖެހީ ބާންލީންނެވެ. އެލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ވިޑްރާއެވެ.

ސީޒަންގެ ކުރީކޮޅު މޮޅު ކުޅުމެއް ދައްކާ ތަފާތު ނަތީޖާތަކެއް ނެރެމުން އައި ސައުތްހެމްޓަން ފަހަކަށް އައިސް ގިނަ މެޗުތަކުން ބަލިވެފައިވާ އިރު މިމެޗުގައި އެޓީމުގެ ފަރާތުން ވަނީ ހިތްވަރުގަދަ ކުޅުމެއް ފެނިފައެވެ.

މި ގޮތުން، އިންޖަރީއަށް ފަހު ފުރަތަމަ 11 އަށް އަނބުރާ އައި ޑެނީ އިންގްސް އާއި ތިއޯ ވޯލްކޮޓް ވަނީ މެޗުގައި ސައުތްހެމްޓަނުން އުފެއްދި ގިނަ ހަމަލާތަކެއްގައި ބައިވެރިވެފައެވެ. މި ގޮތުން، ސްކޯ 2-1 އަކަށް ހެދި ލަނޑު ސައުތްހެމްޓަންގެ ސުޓުއާޓް އާމްސްޓްރޯންގް ކާމިޔާބުކުރި އިންގްސްގެ ޕާހަކުންނެވެ.

މިއަދުގެ މެޗުގައި އިންގްސް ކުޅުނީ ގިނަ ދުވަސްތަކެއް ވަންދެން އިންޖަރީގައި ހުރުމަށް ފަހު

އެއަށް ފަހު ސްކޯ އެއްވަރު ކުރި ލަނޑު ސައުތްހެމްޓަން ޖަހާ ދިނީ އިންގްސެވެ. މިއީ މިސީޒަންގައި އޭނާ ޖެހި 10 ވަނަ ލަނޑެވެ.

ދެވަނަ ހާފްގައި ދެޓީމުން ވެސް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ވޮލްކޮޓްގެ ޕާސް ގޯލުގެ ތެރެއަށް ވައްދާލައިގެން ސައުތްހެމްޓަންއަށް 2-3ގެ ލީޑެއް ހޯދައިދިނީ ނޭތަން ރެޑްމަންޑެވެ.

ސްކޯ އެއްވަރުކުރުމަށް ބާންލީއިން ގިނަ ހަމަލާތަކެއް އުފެއްދި އިރު ސައުތްހެމްޕަޓްގެ ކީޕަރު ފްރޭޒާ ފޮސްޓާ ވަނީ މުހިންމު ސޭވްތަކެއްކޮށްފައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު ސައުތްހެމްޓަން މިވަނީ ތާވަލުގެ 13 ވަނައަށް ޖެހިލާފައެވެ. އެއީ ކުޅުނު 30 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ.

ބާންލީ އޮތީ ތާވަލުގެ 15 ވަނައިގައެވެ. އެއީ ކުޅުނު 30 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ.