"ޕިޗް-އަޕް: ޔޫތު އެންޓެޕްރެނާސް ޗެލެންޖް" އަންނަ މަހު ފަށަން ނިންމައިފިއެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ "މީރީ ޕްރޮޖެކްޓް" ގެ ފަރާތުން ރާވާ އިންތިޒާމު ކުރާ "ޕިޗް-އަޕް: ޔޫތު އެންޓެޕްރެނާސް ޗެލެންޖް" އަކީ އަންނަ މަހު ފަހެއްގައި ފަށަން ހަމަޖެހިފައި ވާ މުބާރާތެއް ކަމަށެވެ. އެ މުބާރާތުގައި އާ ވިޔަފާރީގެ އުފެއްދުން ތެރި ހިޔާލާއި ވިސްނުންތައް ހުށަހަޅާ އެ ކަންކަން ފަށައިގަތުމަށް ޒުވާނުންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައި ވާ ކަމަށެވެ.

ޒުވާނުންގެ މެދުގައި އަމިއްލަ ވިޔަފާރި ކުރުމުގެ ތަޖުރިބާ އާއި ހުނަރު ބަދަލު ކުރުމުގެ ޕްލެޓްފޯމެއް ގާއިމް ކުރުމުގެ ގޮތުން އިއްޔެ ވަނީ އެންޓެޕްރެނާސް ލައިވް ވެބިނާ ސީރީޒެއް ފަށާފައެވެ. އެ ވެބިނާ ސީރީޒް އިފްތިތާހު ކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ.

އިއްޔެ އިފްތިތާހު ކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހީމް ހަސަން ވިދާޅުވީ އެ ވެބިނާ މެދުވެރިކޮށް ޒުވާނުންނަށް ގިނަ މައުލޫމާތުތަކެއް ލިބިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަޅުގަނޑުމެން އުއްމީދުކުރަނީ މި ސިލްސިލާ ވެބިނާ މެދުވެރިކޮށް ޒުވާނުންނަށް ގިނަގުނަ އާ މައުލޫމާތު ލިބި، ނެޓްވޯކް ކުރަން އާ ފުރުސަތުތައް ފަހިވެ، މި ޕްލެޓްފޯމް މެދުވެރިވެ ތަޖުރިބާ ހިއްސާކޮށް، އެކަކު އަނެކެއްގެ ކިބައިން މައުލޫމާތު ލިބި، ބަދަލުކުރެވުން
މިނިސްޓަރ

މީރީ މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ދިނުމެވެ. ޓެކްނިކަލް ވޮކޭޝަނަލް ދާއިރާ އާއި ވިޔަފާރީގެ ހުނަރުތައް ތަރައްގީ ކުރުމެވެ. އެގޮތުން މި ޕްރޮޖެކްޓުން އިސްކަން ދޭ ދާއިރާތަކަކީ ފަތުރުވެރިކަން، ފަތުރުވެރިކަމާ ގުޅޭ އުމްރާނީ މަސައްކަތް، އައިސީޓީ އަދި ދަނޑުވެރިކަމެވެ.

މި ޕްރޮޖެކްޓަކީ ހަޔާ އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ވޯލްޑް ބޭންކުގެ އެހީގައި ފަސް އަހުރު ދުވަހަށް ހިންގާ 20 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.