އުތުރު ތިލަފަޅު ތަރައްގީ ކުރަން ރާއްޖޭން އިންޑިއާއާ އެކު ސޮއިކުރި އެއްބަސްމުގެ ޑްރާފްޓެއް ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ލީކް ކޮށްލެއްވި ޑޮކިއުމެންޓަކީ އިންޑިއާއިން ފުރަތަމަ ފޮނުވި ޑޮކިއުމެންޓް ކަމަށް އުމަރު ވިދާޅުވެއްޖެއެވެ. އަދި އެއީ ސޮއި ކުރި ފައިނަލް ޑޮމިއުމެންޓް ކަމަށް ނުވާނަމަ، އެ އެގްރީމަންޓް ދައްކަން އުމަރު ވިދާޅުވެއްޖެއެވެ.
އުމަރު ތަމްސީލު ކުރައްވާ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން ބޭއްވި މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިރޭ އުމަރު ވިދާޅުވީ އެ އެއްބަސްވުން ދިވެހި ސަރުކާރަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގައި ކަމަށެވެ. އެ ލިޔުންތައް ފޮނުވި ސަބަބަކީ މިދިޔަ އަހަރު ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ދަށަށް ދިއުމުން އެފަދަ އުނދަގޫ ވަގުތެއްގައި ސަރުކާރުން ގަބޫލުކޮށް އެ އެގްރިމެންޓްގައި ސޮއި ކުރާނެ ކަމަށް ބަލައިގެން ކަމަށެވެ.
އުތުރު ތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރަން ރާއްޖޭން އިންޑިއާއާ އެކު ސޮއިކުރި އެއްބަސްމުގެ ޑްރާފްޓެއް ކަމަށް ވިދާޅުވެ އާންމު ކުރެއްވި ޑޮކިއުމެންޓަކާ ހަވާލާދީ ފެތެރެމުންދާ ވާހަކަތައް ރާއްޖޭގެ ދިފާއީ ބާރުން ވަނީ ދޮގު ކޮށްފައެވެ.
އެ ލިޔުމަކީ އެއްވެސް އަސްލެއް އޮތް ލިޔުމެއް ނޫން ކަމަށާއި އަދި އެއީ ޑްރާފްޓެއް ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށް ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވަނީ ވިދާޅުވެފައެވެ.
އެ ޑްރާފްޓް ކަމަށް ބުނާ ލިޔުމުގައި ބަޔާން ކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތު ކޮށްފައި ވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމި އޮންނާނެއެވެ. އޭގެ އިތުރުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިން ބޭނުން ނަމަ 2 ގައުމު އެއްބަސްވެ، ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާން ކުރެއެވެ.
ސާބަހޭއުމަރުނަސީރު ތިޔައީ ހިތްވަރުގަދަ ބަތޮލެއް