ސިވިލް ސާވިސްގެ ވަޒީފާދޭ ދޮށީ އުމުރު 60 އަށް މަތިކުރަން ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި އިސްލާހު ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒައިނާ އާދަމެވެ. ރޮޒައިނާ އިސްލާހު ހުށަހެޅުއްވި ސީއެސްސީގެ ގާނޫނުގެ 41 ވަނަ މާއްދާއަށެވެ. އެ އިސްލާހުގައި ވަނީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ، ވަޒީފާއިން މުސްކުޅިކޮށްފައި ވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށާއި އުމުރުން 60 އަހަރަށް ވުރެ ދޮށީ އުމުރުގެ މީހަކަށް ވެގެން ނުވާނެ ކަމަށެވެ.
މިހާރު ގާނޫނުގައި އޮންނަނީ ސިވިލްސާވިސްގެ ވަޒީފާދޭ އެންމެ ދޮށީ އުމުރަކީ 55 ކަމަށެވެ.
މީގެ އިތުރުން ރޮޒައިނާ ހުށަހެޅުއްވި އިސްލާހުގައި ކޮމިޝަން އެކުލިވެގިންވާ ގޮތަށް ބަދަލު ގެނައުންވެސް ހިމެނެއެވެ. އެގޮތުން ކޮމިޝަންގެ ފަސް މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ އަންހެނުން ކަމަށް ހެދުމަށް ވެސް ހިމަނާފައި ވެއެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ކޮމިޝަނަށް އަންހެން މެންބަރުން ތިބުން ލާޒިމެއް ނޫނެވެ.
މިހާޜު ސިވިލް ސާރވިސް ގައި ތިބި 65 އަހަރު ވެފައި ތިބި މީހުންވެސް ވަގުތުން ވަޒީފާ އިން ވަކި ކުރަން ޖެހޭ. ޢެކަމު އަދިވެސް ކޮންޓްރެކް ގޮތުގަ މީހުން އެބަ ތިބި އެ މީހުން ބޭރު ކުރޭ...